logoEN
ޚަބަރު

ޒަކާތު ފަންޑުގެ ސްކޮލާޝިޕަށް މި ހަފްތާގައި ހުޅުވާލަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ/ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ/ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޒަކާތު ފަންޑުގެ ސްކޮލާޝިޕް މި ހަފްތާގައި އިއުލާންކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު، ވިދާޅުވީ މި ސްކޮލާޝިޕްގެ ތެރެއިން އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓާސް ޑިގްރީއާއި، ޕީއެޗްޑީގެ ގިނަ ފުރުސަތު ހުޅުވައިލެވޭނެ ކަމަަށެވެ. އޭގެ އިތުރުން މެޑިސިންގެ ދާއިރާއިން ސުޕާ ސުޕެޝަލިސްޓުން، މި ގައުމުގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށާއި މިކަންކަމަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމުގައި ވަޒީރު ފާހަގަ ކުރެއްވިއެވެ.

މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން، ފަގީރުންގެ ބޭސް ފަރުވާ އާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި، ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ހޭދަކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިކަންކަމުގެ އިތުރުން މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީ ދިނުމަށް ވެސް ނިންމާފައިވާކަމަށެވެ.

ފާއިތުވެދިޔަ އަހަރަކީ ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަޖަށް ފައިސާ ލިބުނު އަހަރެވެ. އެގޮތުން ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ މިދިޔަ އަހަރު ލިބިފައިވެއެވެ.

ކޮމެންޓް

871x217_placeholder