logoEN
ޚަބަރު

އެންމެ ފަހުގެ އަޑު އެހުމަށް މަހާޒްއާއި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

13 އޭޕްރީލު 2025 - 08:01

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު މިއަދު ޖޭއެސްސީއަށް ހާޒިރުކޮށްފިއެވެ.

މި ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވެނީ، ޑރ. އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރުކުރެވުނު މައްސަލައެއްގައި، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅުހެދި ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސައިން މުޙައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީކުރުވި މަޖިލީހުގައި މި ދެ ފަނޑިޔާރުން ތިބި މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

މި މައްސަލަތަކުގެ އެންމެ ފަހުގެ އަޑުއެހުންތަކަށް މަހާޒް ހާޒިރުކޮށްފައިވަނީ މިއަދުގެ ހެނދުނު 9 ޖެހިއިރުއެވެ. އަދި އަޒްމިރަލްދާ ހާޒިރުކޮށްފައިވަނީ މިއަދު ހެނުދުނު 10 ޖެހިއިރުއެވެ.

މިއަދު މި މައްސަލަތަކުގެ އަޑުއެހުންތައް ނިމިފައިވާއިރު، ދެން މި މައްސަލަތަކުގެ ކޮމިޓީގެ ތަހުގީގުގެ ފައިނަލް ރިޕޯޓް ތައްޔާރުކޮށް، ދެ ފަނޑިޔާރުންނަށް އަޅަން ނިންމާ ފިޔަވަޅާ މެދު އެ ކޮމިޝަނުގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެއެވެ. އެހެން ނަމަވެސް އެކަން ނިންމާނީމ ކޮމެޓީގެ ރިޕޯޓު އެ ފަނޑިޔާރުންނަށް ހިއްސާކޮށް، ޖަވާބުދާރީ ވުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުއެވެ.

ކޮމެންޓް

871x217_placeholder