logo
MPL

MPL

ޚަބަރު

އެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭނެ

އަޙްމަދު ޒަލީފް
13 އޭޕްރީލު 2025 - 15:04
އެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭނެ

ވެހިކަލް އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.

މިހާރު ގަވާއިދު އޮންނަ ގޮތުން ކާރު ފަދަ ވެހިކަލް ރަޖިސްޓްރީކޮށްދެނީ އެ އުޅަނދު ބާއްވާނެ ތަނެއް ހުއްދައިގެ ކޮޕީ ހުށަހެޅުމުން ނެވެ، އެހެން ނަމަވެސް ގިނަ އަދަދެއްގެ ވެހިކަލް އެއް ގަރާޖަކަށް ރަޖިސްޓްރީކުރުމުގެ މައްސަލަ ބޮޑުކަމުން "ގަރާޖު ސިޓީ" އުވާލަން ވެސް މީގެ ކުރިން މަޖިލީހުން މަސައްކަތް ކުރި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި އާ ގަވައިދުގައި ބުނިގޮތުގައި  ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައ،ި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ނަގަން ޖެހޭނެ އެވެ.

އެ ގަވައިދަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި އުޅަނދު ރަޖިސްޓަރީކުރުން ކޮންޓްރޯލްކޮށް، ގިނަ އުޅަނދު ގެންގުޅޭނަމަ ފީއެއް ނަގާ ގޮތަށް އާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު މި މަހު 30 ގައި އަމަލުކުރަން ފަށަނީކޯޓް ރޫމް | 3 ގަޑިއިރު ކުރިންއެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭނެ ޚަބަރު | އަހަރެއް ކުރިން