މަތިންދާ ބޯޓުގެ ބުރަފަތީގައިޖެހި އަނިޔާވި ދަރިވަރުގެ ހާލު ދަނީ ބަލަމުން: ޚަލީލު


14 އޭޕްރީލު 2025 - 04:52
މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ފަރުވާދެމުން އަންނަ ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވަމުންދާ ދިވެހި ދަރިވަރުގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ހާދިސާގައި އަނިޔާވި ޢަބްދުލް މާނިޢުގެ ބައްޕަ އާމިރުއާ ފޯނުން ގުޅައި އިއްޔެ ވަނީ ދައްކަވާފައެވެ.
"ދަރިފުޅުގެ މަންމައާއި ބޭބެ ފިލިޕީންސް އަށް މިހާރު ދެވިއްޖެ ކަމަށާއި މާތްﷲގެ ވާގިފުޅާއެކު ދަރިފުޅު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި.ފޮރިން މިނިސްޓްރީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅުއްވާ ދަރިފުޅުގެ ޙާލު އޮޅުންފިލުއްވިކަމަށާއި, ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރައްވާކަމަށް ވިދާޅުވި. "
ފިލިޕީންސް ގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުންވެސް ވަރަށް އެހީތެރިކަން ލިބެމުންދާ ކަމަށާ އެކަމަށް ޝުކުރުވެރިވާ ކަމަށް ދަރިވަރުގެ ބައްޕަ އާމިރު ބުނި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޚަލީލް އިތުރަށް ވިދާޅުވި ގޮތުގައި، މި ޙާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ޙާލު ވަރަށް ކައިރިން ބަލަމުންނެވެ.
މި އެކްސިޑެންޓް ހިނގީ މާނިއު އުދުއްސި ސެސްނާ-125 މަރުކާގެ ބޯޓު ލޭންޑުކޮށްފައި ބޯޓު ނިވައިނުލައި އޭނާ ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހުމުން ކަމަށް އޭނާއާއެކު ކިޔަވަމުންދާ ދަރިވަރަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ޕައިލެޓްކަން ކިޔަވަން ޕިލިލީންސްގައި މާނިއު އުޅޭތާ މިހާރު ދޮޅު އަހަރު ވެއްޖެއެވެ.
އިތުރު ލިޔުންތައް

އިނގިރޭސިވިލާތުގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި
9 މަސް ކުރިން
އަގްސާ މިސްކިތުގައި ފައްޅިއެއް އަޅަން ގޮވާލުން ރާއްޖެއިން ކުށްވެރި ކޮށްފި
9 މަސް ކުރިން
އައިއޭއީއޭގައި ބައިވެރިވާން ރާއްޖެއިން ނިންމައިފި
9 މަސް ކުރިން