logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ދުނިޔެ

އަހްލީ ޢަރަބި ހަސްފަތާލަށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުން އިތުރުވަނީ

އާމިނަތު ޝަފާ
14 އޭޕްރީލު 2025 - 07:53
އަހްލީ ޢަރަބި ހަސްފަތާލަށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުން އިތުރުވަނީ

ފަނާކުރަނިވި މިސައިލްތައް ބޭނުން ކޮށްގެން ޣައްޒާގެ އަލް-އަހްލީ ޢަރަބި ހަސްފަތާލަށް ޔަހޫދީން ދިން ހަމަލާތަކުގެ ސަބަބުން ބައިނަލްއަގްވާމީ މަސްރަހުގެ ކަންބޮޑުވުން އިތުވެއްޖެއެވެ.

ޔަހޫދީންގެ މިސައިލް ޙަމަލާތައް އަމާޒުވެ އެ ހަސްފަތާލުގައި ކުއްލި ހާލަތްތަކުގައި ޚިދުމަތް ދިނުމަށް ބޭނުން ކުރާ އެމަރޖެންސީ ރޫމް ހުންނަ އިމާރާތާއި ރިސެޕްޝަން ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަސްފަތާލަކީ ބަލިމީހުންގެ އިތުރުން ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ރެފިއުޖީން ދިރިއުޅެމުން ދިޔަ ހަސްފަތާލެކެވެ.  މި ހަސްފަތާއް ޔަހޫދީން ހަމަލާ ދީފައިވަނީ ގަސްދުގައި ކަމަށާއި މިއީ އަނިޔާވެރިކަމުގެ މިސާލެއްކަމަށް ހަމާސް ޖަމާއަތުންވަނީ ބުނެފައެވެެ.

މިއަދުވެސް ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު ޔަމަނުގެސަންއާ އަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި 6 މީހުން ޝަހީދުވެ 20 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

ޣައްޒާގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ޔަހޫދީން މިހާރުވަނީ ރަފާހު ހިސާރުކޮށްފައެވެެ. ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 50,912 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެފައިވާއިރު 115,981 މީހުންވަނީ ޒަޚަމްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 4 ދުވަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 5 ދުވަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 13 ދުވަސް ކުރިންޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | މަހެއް ކުރިން