ޒަކާތު ހައުސްއަކީ މިއަދު ރާއްޖެއަށް ވަރަށް ބޭނުންތެރި މުހިއްމު އިދާރާއެއް: ޝަހީމް


14 އޭޕްރީލު 2025 - 09:54
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ މިއަދު ދިވެހިރާއްޖެއަށް ވަރަށް ބޭނުންތެރި މުހިއްމު އިދާރާއަކަށް ވެގެންގޮސްފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމަށް 50 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި ކުރެވުނު މަސައްކަތުން ފާއިތުވެދިޔަ އަހަރަކީ މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިގެންދިޔަ އަހަރުކަމަށާއި މިކަމުގެ ސަބަބުން އެތައް ގޮތަކުން ދިވެހި ޤައުމަށް ފައިދާ ކުރާނެކަމަށެވެ. އެގޮތުން މިއަދު ހުޅުވާލެވިގެންދިޔަ ފުރުސަތުތަކަކީވެސް މިކަމުގެ ނަތީޖާކަމަށާއި މީގެ އިތުރުންވެސް ސިއްޙީ އެކި ކަންކަމަށާއި، ޙާފިޡުން އުފެއްދެވުމަށާއި އެކި މުހިއްމު ކަންކަމަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ޒަކާތު ފަންޑުން ހުޅުވާލާ ސްކޮލަޝިޕްތަކަކީ އިސްލާމީ ދާއިރާއަށް ބޮޑަށް ހާއްސަ ކުރެވިފައިވާ ސްކޮލަޝިޕްތަކަކަށް ހެދުންކަމަށާއި މި ފުރުސަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ވަރަށް ބޮޑު އިންޤިލާބެއް އަންނަނާނެކަމަށެވެ.
ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށް މިއަދު އިޢުލާން ކުރެވުނު 50 ސްކޮލާޝިޕާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެކަމަށް ޝަހީމް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އިސްލާމީ ދަޢުވަތު ދޭ ޢިލްމުވެރިންގެ އިތުރުން އިސްލާމީ ޢިލްމާއެކު ހިންގުމުގެ ދާއިރާގެ މީހުންނާއި އިސްލާމިކް ފައިނޭންސިންގ ފަދަ މުހިއްމު ދާއިރާތަކުން މީހުން ބޭނުންވާކަމަށާއި ޤައުމު ކުރިއަށްދާނީ މި ދާއިރާތަކުން މީހުން ބިނާ ވެގެންކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ޒަކާތު ފަންޑުން ހުޅުވާލާ ސްކޮލަޝިޕްތަކަކީ އިސްލާމީ ދާއިރާއަށް ބޮޑަށް ހާއްސަ ކުރެވިފައިވާ ސްކޮލަޝިޕްތަކަކަށް ހެދުންކަމަށެވެ. އަދި މިއީ މި ދާއިރާތަކުން މީހުން ބިނާ ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މުދަލުގެ އަހުލުވެރިން ފަސްޖެހިވަޑައިގެންނެވުމެއް ނެތި މުދަލު ޒަކާތު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި ހަވާލުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި ހަވާލު ކުރެވޭ ފައިސާ އަމާނާތްތެރިކަމާއެކު އޭގެ އަހުލުވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
އިތުރު ލިޔުންތައް

މިދައުރުގައި 1000 އިމާމުން އުފައްދާނަން: ޑރ.ޝަހީމް
8 މަސް ކުރިން
މި ކުރަނީ ކުރިއަށް އޮތް ގަރުނަށް ގައުމު ވަރުގަދަ އިސްލާމީ އަގީދާއެކު ފޯރުކޮށް ދިނުމުގެ މަސައްކަތް: ޝަހީމް
8 މަސް ކުރިން
އިންޓަނޭޝަނަލް ޤުރްއާން މުބާރާތަކުން ރާއްޖޭގެ ދަރިވަރަކަށް ތިން ވަނަ
7 މަސް ކުރިން