logo
ކުޅިވަރު

ފީފާ ކުލަބް ވޯލްޑްކަޕްގައި ބޮޑީ ކެމެރާ ބޭޏުންކުރަނީ

އަބްދުﷲ ޣާނިމް
15 އޭޕްރީލު 2025 - 13:18
ބޮޑީ ކެމެރާއިން ކުޅުންތެރިންނާއި ގާތުން ހަރަކާތްތަށް ސަޕޯޓަރުންނަށް ފެނިގެންދާނެ.
ބޮޑީ ކެމެރާއިން ކުޅުންތެރިންނާއި ގާތުން ހަރަކާތްތަށް ސަޕޯޓަރުންނަށް ފެނިގެންދާނެ.

އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ފީފާ ކްލަބް ވޯލްޑް ކަޕްގައި މެޗު އޮފިޝަލުން ބޮޑީ ކެމެރާ ބޭނުންކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން ގޯލްކީޕަރުންގެ ވަގުތު ބޭކާރުކުރުމާ ގުޅޭ ގަވާއިދުތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.

ޖޫން 14 އިން ޖުލައި 13 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 41 ގައުމަކުން ޖުމްލަ 117 މެޗު އޮފިޝަލުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި 35 ރެފްރީން، 58 އެސިސްޓެންޓް ރެފްރީން އަދި 24 ވީޑިއޯ މެޗު އޮފިޝަލުން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފީފާ ރެފްރީ ކޮމިޓީގެ ޗެއާމަން ޕިއެރްލުއިޖި ކޮލީނާ ވިދާޅުވި ގޮތުގައި ބޮޑީ ކެމެރާ ބޭނުންކުރުމުން މެޗު ބަލާ ފަރާތްތަކަށް މުޅިން އައު ތަޖުރިބާއެއް ލިބިގެންދާނެއެވެ. އަދި މިއީ ރެފްރީންގެ ކޯޗިންގ އަށްވެސް މުހިންމު ބަދަލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައު ގަވާއިދުތަކާ އެއްގޮތަށް ގޯލްކީޕަރަކު ބޯޅަ 8 ސިކުންތަށްވުރެ ގިނައިރު ހިފަހައްޓައިފިނަމަ، ކުރިން ދެމުން އައި އިންޑައިރެކްޓް ފްރީ ކިކްގެ ބަދަލުގައި ދެން ދޭނީ ކޯނަރ ކިކެކެވެ. މިއީ ކުޅުން ހަލުވިކޮށް، ވަގުތު ބޭކާރުކުރުން ހުއްޓުވުމަށް ގެނެވޭ މުހިންމު ބަދަލެއްކަމަށް ފީފާއިން ބުނެފައިވެއެވެ.

މި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ރެފްރީން ނަގާ މަންޒަރުތައް ކުޅިވަރު ލޯބިވެރިންނަށް ފެންނާނެ ގޮތް ހަދައި، މެޗުތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ފީފާއިން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޓަލީ އާއި އިސްރާއީލް މެޗާ ދެކޮޅަށް އިޓަލީގެ ކޯޗުން ނިކުމެއްޖެކުޅިވަރު | 16 ދުވަސް ކުރިންފީފާ އާއި ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން އާއި ދެމެދު ހަނގުރާމަކުރަނީކުޅިވަރު | މަހެއް ކުރިންމަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމް ވަގަށް ނަގައިފި ކުޅިވަރު | މަހެއް ކުރިންއެމެރިކާގައި ސޮކާގެ ނަން ފުޓްބޯޅައަށް ބަދަލުކުރަނީ!ކުޅިވަރު | 2 މަސް ކުރިން