logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެސީ އާއި ރޮނާލްޑޯގެ ނުލައި މި އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ލިސްޓް ފީފާއިން ނެރެފި

އަބްދުﷲ ޣާނިމް
10 ޑިސެމްބަރު 2024 - 07:02
ފީފާއިން ހޮވި އެންމެ މޮޅު 11 ކުޅުންތެރިން.
ފީފާއިން ހޮވި އެންމެ މޮޅު 11 ކުޅުންތެރިން.

ފީފާއިން މިއަހަރު ހޮވާ އެންމެ މޮޅު 11 ކުޅުންތެރިން ހޮވައިފިއެވެ. އެގޮތުން މިއަހަރުގެ އެންމެ މޮޅުކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ 6 ކުޅުންތެރިންނާއި މެންޗެސްޓަރ ސިޓީގެ 4 ކުޅުންތެރިޔަކު ހިމެނިފައިވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގައި މިހާތަނަށް ރެއާލް މެޑްރިޑްވަނީ ޖުމްލަ 5 ތަށި ހޯދާފައެވެ. އެގޮތުން އެޓީމުން ވަނީ ޗެންޕިއަންސް ލީގާއި ލަލީގާ އާއި ޔޫރަޕިއަން ސުޕަކަޕާއި ސްޕެނިސް ސުޕަކަޕް ކާމިޔާބުކޮށްފައެވެ. ރެއާލް މެޑްރިޑުގެ ކުޅުންތެރިންގެ ތެރެއިން މި ލިސްޓުގައި ހިމެނިފައިވާ ކުޅުންތެރިންނަކީ: އެންޓޯނިއޯ ރޫޑިގަރ (ޖަރުމަން)، ޑެނީ ކަރަވަހާލް (ސްޕެއިން)، ޓޮނީ ކްރޫސް (ޖަރުމަން)، ޖޫޑް ބެލިންގްހަމް (އިންގްލަންޑް)، ވިނީޝިއަސް ޖޫނިއަރ (ބްރެޒިލް) އަދި ކީލިޔަން އެމްބާއްޕޭ (ފްރާންސް) އެވެ.

 

 އަދި މީގެ އިތުރުން މެންޗެސްޓަރ ސިޓީވަނީ މިދިޔަ ޕްރީމިއަރ ލީގު ޗެންޕިއަން ކަމާއި ކޮމިޔުނިޓީ ޝީލްޑުގެ އިތުރުން ކުލަބް ވޯލްޑްކަޕް ހޯދާފައެވެ. އެ ކުލަބުގެ މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ އެޑަރސަން (ބްރެޒިލް)، ކެވިން ޑެބްރޫން (ބެލްޖިއަމް)، ރޮޑްރީ (ސްޕެއިން) އަދި އާރލިން ހާލަންޑް (ނޯވޭ) އެވެ.

 

މި ލިސްޓްގައި ހަމައެކަނި ހިމެނޭ އެހެންޓީމެއްގެ ކުޅުންތެރިޔަކީ ލިވަރޕޫލުގެ ވެންޑައިކް އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެވިއްޔާ ބަލިކޮށް ރެއަލް މެޑްރިޑް މޮޅުވިއިރު އެމްބާޕޭ، ރޮނާލްޑޯގެ ރެކޯޑާ ހަމަކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިން2025 ފީފާ އަރަބް ކަޕް: ޖޯޑަން ބަލިކޮށް މޮރޮކޯ އިން ތަށި އުފުލާލައިފިކުޅިވަރު | 2 ދުވަސް ކުރިންތިންވަނަ ޑިވިޝަނުގެ ކުލަބެއް އަތުން ހަނިގޮތަކަށް ސަލާމަތްވެ، ރެއާލް ކަޕްގެ ތިންވަނަ ބުރަށްކުޅިވަރު | 3 ދުވަސް ކުރިންސަޕޯޓަރުންގެ ޕްރެޝަރާހެދި ފީފާއިން ވޯލްޑްކަޕްގެ ޓިކެޓްތައް ބޮޑުތަނުން އަގުހެޔޮކޮށްފިކުޅިވަރު | 4 ދުވަސް ކުރިން