logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލެޖެންޑަރީ ކޯޗު މޮރީނިއޯ ކުލަބާއި ރަސްމީކޮށް ހަވާލުވިކަން މެޑްރިޑުން އިޢުލާނުކޮށްފި

އަބްދުﷲ ޣާނިމް
12 ޖޫން 2026 - 04:06
ލެޖެންޑަރީ ކޯޗު މޮރީނިއޯ ކުލަބާއި ރަސްމީކޮށް ހަވާލުވިކަން މެޑްރިޑުން އިޢުލާނުކޮށްފި

ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު ހޯސޭ މޮރީނިއޯ އަލުން ރެއާލް މެޑްރިޑާ ގުޅިއްޖެއެވެ. އުމުރުން 63 އަހަރުގެ މޮރީނިއޯ އެ ކްލަބާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އޭނާ މަސައްކަތާ ރަސްމީކޮށް ހަވާލުވާނީ ޖުލައި މަހުގެ 13 ވަނަ ދުވަހު ޕްރީ-ސީޒަން ތަމްރީނުތައް ފެށުމުންނެވެ.

ޕޯޗުގަލްގެ ބެންފީކާއަށް 13 މިލިއަން ޕައުންޑް (15 މިލިއަން ޔޫރޯ) ގެ ބަދަލެއް ދިނުމަށްފަހު މޮރީނިއޯ އަނބުރާ ބާނަބާއުއަށް ގެނެސްފައި މިވަނީ، އޭނާ އެ ކްލަބުގައި ހޭދަކުރި ފުރަތަމަ ދައުރު ނިމުނުތާ 13 އަހަރު ފަހުންނެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ މި މަހު ކުރީކޮޅު ބޭއްވި އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ މޮރީނިއޯ އަލުން ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 79 އަހަރުގެ ޕެރޭޒް މި އިންތިޚާބު ކާމިޔާބު ކުރެއްވީ ވާދަވެރި ކެންޑިޑޭޓް އެންރީކޭ ރިކުއެލްމޭއާ ވާދަކޮށް 65 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. މިއާއެކު، ޕޯޓޯ އަދި އިންޓަ މިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މޮރީނިއޯއަށް، ރެކޯޑް 15 ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑާ ގުޅުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ.

މޮރީނިއޯ މީގެ ކުރިން 2010 އިން ފެށިގެން ތިން ސީޒަން ވަންދެން ރެއާލްގައި ހޭދަކުރި ދުވަސްވަރު ވަނީ ލަ ލީގާ، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހަމް، ރޯމާ، ފެނަރބާޗޭ އަދި ބެންފީކާގައި ކޯޗުކަން ކޮށްފައެވެ. ބެންފީކާގައި ހޭދަކުރި ފަހު ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް ބަލިނުވެ ލީގު ނިންމާލަދީފައެވެ.

މޮރީނިއޯ ރެއާލްއާ މި ހަވާލުވީ، ވޭތުވެދިޔަ ދެ ސީޒަނުގައި އެ ކްލަބަށް އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވި އޮތް ދަނޑިވަޅެއްގައެވެ. މިދިޔަ ޖެނުއަރީ މަހު ޒަބީ އެލޮންސޯ މަގާމުން ވަކިވުމުން، ސީޒަން ނިމެންދެން ޓީމަށް އިރުޝާދު ދިނީ އަލްވާރޯ އަރްބެލޯއެވެ. ބެންފީކާއިން މިހާރު ވަނީ މޮރީނިއޯގެ ބަދަލުގައި ފުލަމްގެ ކުރީގެ ކޯޗު މާކޯ ސިލްވާ އައްޔަންކޮށްފައެވެ. އަދީ މީގެ އިތުރުން ޕްރީމިއަރ ލީގުގެ ކުލަބް ފުލަމް މިހާރު ދަނީ އެކުލަބުގެ ކޯޗުކަމަށް އަރްބެލޯއާ ގެނައުމުގެ މަސައްކަތް ކުރަމުްނނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލެޖެންޑަރީ ކޯޗު މޮރީނިއޯ ކުލަބާއި ރަސްމީކޮށް ހަވާލުވިކަން މެޑްރިޑުން އިޢުލާނުކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންރެއާލް މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާއިން އަބުރުގެ ދަޢުވާކުރަނީކުޅިވަރު | ދުވަހެއް ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | 2 ދުވަސް ކުރިންއޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއްކުޅިވަރު | 4 ދުވަސް ކުރިން