ޓްރާންސްފަރ މާކެޓްގައި ރެއާލް މެޑްރިޑުން ބާސާ ބުލި ކުރަނީ! މިފަހަރު ކުކުރެލާ ރެއާލް މެޑްރިޑްއަށް
14 ޖޫން 2026 - 16:08

ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ފުލްބެކް މާކް ކުކުރެއްލާ، އެ ކްލަބް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވުމަށް ކުއްލި ގޮތަކަށް ހައިރާންކުރުވަނިވި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ކުރިން ބާސެލޯނާއަށް ކުޅެފައިވާ ކުޅުންތެރިއަކު އެ ކްލަބުގެ އެންމެ ބޮޑު ވާދަވެރިޔާއާ ގުޅުމަށް ނިންމި ނިންމުމެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ ކުލުރެލާ މި ސީޒަނުގައި ޗެލްސީ ދޫޚޮށްލަން އުޅޭ އަޑުތައް ފެތުރުމާއެކު ބާސާއިންވެސް އެ ކުޅުންތެރިޔާ ގެންނަން މަސައްކަތް ކުރަމުން ގެންދިޔަކަމެވެ. މި ޓްރާންސްފާ މާކެޓުގައި ބާސެލޯނާއިން ސޮއި ހޯދަން ބޭނުންވި ކޮނާޓޭ އާއި ޑަމްފްރީސްގެ ސޮއިވެސް ރެއާލް މެޑްރިޑުން ވަނީ ކުއްލިގޮތަކަށް ހޯދާފައެވެ. މީގެ އިތުރުން ބާސެލޯނާގެ މި ސީޒަނުގެ އެއް ނަންބަރު ޓާގެޓް ކަމަށްވާ އަލްވާރޭޒް ގެ ސޮއި ހޯދުމަށް 100 މިލިޔަން ހުށަހަޅާފައިވަނިކޮށް ރެއާލް އިން ވަނީ ކުއްލިގޮތަކަށް 150 މިލިޔަން ރުފިޔާގެ ބިޑެއް ހުށަހަޅާ، ކުޅުންތެރިޔާގެ އަގު ބޮޑުކޮށްލާފައެވެ. އަދި މިދިޔަ ހަފްތާގައި ބާސާއާއި އެތްލެޓިކޯއިން ސޮއިކުރަން މަސައްކަތް ކުރަމުންގެންދިޔަ ބާނާޑޯ ސީލްވާ ވެސް ވަނީ ރެއާލް މެޑްރިޑްއަށް ބަދަލުވާން އެއެއްބަސްވެފައެވެ. އެހެންކަމުން އަނެއްކާވެސް ކުއްލިގޮތަކަށް ކުކުރެލާ ރެއާލް އަށް ގުޅެން ނިންމި ނިންމުމަކީ ބާސެލޯނާއަށް ލިބުނު ބޮޑު ހައިރާންކަމެކެވެ.
ޓްރާންސްފާގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރެއާލް މެޑްރިޑުން މި ފިޔަވަޅު އަޅާފައިވަނީ އެ ކްލަބުގެ އާ ކޯޗަކަށް ހޯސޭ މޮރީނިއޯ ހަމަޖެއްސިކަން ކަށަވަރުވުމާ ގުޅިގެންނެވެ. މޮރީނިއޯ ވަނީ ކުކުރެއްލާ އަކީ އޭނާގެ ލެފްޓް ބެކް މަގާމަށް އެންމެ ބޭނުންވާ ކުޅުންތެރިޔާގެ ގޮތުގައި ކަނޑައަޅާފައެވެ.

Ad by Hajj Corporation
ކުކުރެއްލާ އަކީ މީގެ ކުރިން ބާސެލޯނާއަށް އެނބުރި ދިއުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް، މިހާރު އޭނާ މިވަނީ ބާސެލޯނާގެ ވާދަވެރި ރެއާލް މެޑްރިޑުގެ ހުށަހެޅުން ގަބޫލުކޮށްފައެވެ. މިއީ ޗެލްސީގެ އާ ކޯޗު ޒަބީ އޮލޮންސޯއަށް ލިބުނު ބޮޑު ކަންބޮޑުވުމެކެވެ.
އޮލޮންސޯ ޗެލްސީގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވުމުގެ ކުރިން، ޓީމުގެ އެންމެ އިތުބާރު ހުރި އެއް ކުޅުންތެރިޔާ ގެއްލުމަކީ އޭނާގެ މަސައްކަތަށް އެޅޭ ހުރަހެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މި ޓްރާންސްފާއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަވާނެ ކަމަށް ބެލެވެއެވެ.


