logo
Bank of Maldives

Bank of Maldives

ދުނިޔެ

މިއަދު ހަމާސްގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާކަމަށް ބުނެފި

އާމިނަތު ޝަފާ
15 އޭޕްރީލު 2025 - 14:04
މިއަދު ހަމާސްގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާކަމަށް ބުނެފި

ހަމާސްގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ.

ޔަހޫޫދީން ބުނީ ޣައްޒާގެ ޝުޖާއިއްޔާ ސަރަހައްދަށް ދިން ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރެއް ކަމަށްވާ މުހައްމަދު އަލް-އަޖްލާ ޝަހީދުކކޮށްލާފައިވާކަމަށެވެ.

އަލް-އަޖްލާ އަކީ ފާއިތުވި ހަފްތާގައި ޝަހީދުކޮށްލި ހައިތަމް ރިޒްޤު އަބްދުލް ކަރީމް ޝެއިޚް ޚަލީލްގެ ފަހުން ހަމާސްގެ ޝުޖާއިއްޔާ ލަޝްކަރުގެ ކޮމާންޑަރުގެ މަޤާމާ ހަވާލުވި ފަރާތް ކަމަށް އިސްރާއީލުގެ އިދާރާތަކުން ބުނެފައިވެއެވެ.

ހަމަލާއާ ގުޅޭގޮތުން ހަމާސްއިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މީގެ އިތުރުން ލުބުނާނުގެ އައިތަރޫން ސަރަޙައްދަށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާކަމަށް ވެސް އިސްރާއިލުން މިއަދުވަނީ ބުނެފައެވެ.
އިސްރާއީލާއި ހިޒްބުﷲއާ ދެމެދު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ސަތޭކައަށް ވުރެ ގިނަ ހަމަލާ ވަނީ ދީފައެވެ. މިކަމާ ގުޅޭގޮތުން ހިޒްބުﷲ އިން ވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 17 ގަޑިއިރު ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 2 ދުވަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 10 ދުވަސް ކުރިންޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | މަހެއް ކުރިން