logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެސްޓަންވިލާ މޮޅުވިނަމަވެސް ޕީއެސްޖީ ސެމީއަށް

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 05:14
ފީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ޕީ.އެސް.ޖީ
ފީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ޕީ.އެސް.ޖީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އެސްޓަން ވިލާއިން 3-2 އިން މޮޅުވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން 5-4 އިން ޕީއެސްޖީ ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ފުރަތަމަ ލެގުގައި ޕީއެސްޖީން ވަނީ 3-1 އިން މޮޅުވެފައެވެ.

ރޭގައި ފެނިގެންދިޔަ ފޯރިގަދަ މިމެޗުގައި ޕޕީއެސްޖީއިން 3 ގޯލުޖަހާފައިވަނިކޮށް އެސްޓަމްވިލާއިން ވަނީ ފަހަތުން އަރައި 3 ގޯލުޖަހައި މެޗުން މޮޅުވެފައެވެ. ވިލާ ޕާކުގައި ބޭއްވުނު މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީއެވެ. އެއީ އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްގެ މިސްޓޭކަކުން ލިބުނު ފުރުސަތެއްގައެވެ. 27 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒް ވަނީ ޕީއެސްޖީގެ ދެވަނަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޓަން ވިލާގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ޔޫރީ ޓިއެލެމަންސް ޖެހިއެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ޖޯން މެކްގިންގެ ލަނޑުން މެޗު އެއްވަރުކުރި އެސްޓަން ވިލާއިން ވަނީ އޭގެ ދެ މިނެޓު ފަހުން އެޒްރީ ކޮންސާގެ ލަނޑުން ލީޑުނަގާފައެވެ.

މެޗުގެ ފަހު 20 މިނެޓުގައި އެސްޓަން ވިލާއިން ވަރަށް ވާދަވެރި ކުޅުމެއް ދެއްކިއެވެ. ނަމަވެސް ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ވަނީ އެ ޓީމުގެ ނުރައްކާތެރި ހަތަރު ހަމަލަ ކާމިޔާބުކަމާއެކު ދިފާއުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީ ކުޅޭނީ ރެއާލް މެޑްރިޑް އާއި އާސެނަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިމެޗު މިރޭގައި ރެއާލްގެ ދަނޑުގައި ކުޅެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެންޕިއަން ޕީއެސްޖީ ބަލިވެއްޖެކުޅިވަރު | 22 ދުވަސް ކުރިންބާސެލޯނާގެ ޒުޥާން ކުޅުންތެރިޔާ ޑްރޯ ފެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވަނީކުޅިވަރު | 25 ދުވަސް ކުރިންޕީއެސްޖީއިން ފުރަތަމަ ފަހަރަށް ފީފާގެ މުބާރާތެއް ކާމިޔާބުކޮށްފިކުޅިވަރު | 2 މަސް ކުރިންއެމްބާއްޕޭއަށް 60 މިލިޔަން ޔޫރޯދޭން ފްރާންސްގެ ކޯޓަކުން ޕީއެސްޖީއާއި ދެކޮޅަށް އަމުރުނެރެފިކުޅިވަރު | 2 މަސް ކުރިން