logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން ޑޮނަރުމާ އިޢުލާންކޮށްފި

އަބްދުﷲ ޣާނިމް
13 އޯގަސްޓު 2025 - 05:16
ޑޮނަރުމާ އަކީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ގިނަ ތަށިތަކެއް ހޯދައިދނުމުގައި މުހިންމު ދައުރެއް އަދާކުރި ކީޕަރެއް
ޑޮނަރުމާ އަކީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ގިނަ ތަށިތަކެއް ހޯދައިދނުމުގައި މުހިންމު ދައުރެއް އަދާކުރި ކީޕަރެއް

ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ)ގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުމާ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން ހާމަކޮށް، ކުލަބުގެ ސަޕޯޓަރުންނާ މުހާތަބުކޮށް ބަޔާނެއް ނެރެފައެވެ. މިބަޔާން ނެރުނީ ކުރިޔަށް އޮތް ހަފްތާ ބަންދުގައި ކުޅެވޭ ޔުއޭފާ ސުޕަ ކަޕްގެ ފައިނަލް މެޗުގެ ސްކޮޑުން ޑޮނަރުމާ ބޭރުކުމާއި ގުޅިގެންނެވެ.

"ފުރަތަމަ ދުވަހުން ފެށިގެން އަހަރެން ވާނީ ހުރިހާ ކަމެއްގައިވެސް އެންމެ ފުރިހަމައަށް މަސައްކަތްކޮށްފައި. ދަނޑުގަ އާއި ދަނޑުން ބޭރުގައިވެސް ޕީއެސްޖީގެ ގޯލް ދިފާއުކުރުމަށް އަހަރެން ވާނީ ހުރިހާ ކަމެއް ކޮށްފައި،" ޑޮނަރުމާ ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޓަލީގެ ސްޓާ ގޯލްކީޕަރު އިތުރަށް ބުނެފައިވަނީ ކުލަބުގެ ކޮންމެވެސް ފަރާތަކުން ވަނީ އޭނާއަށް އިތުރަށް ޓީމުގައި ނުހުރެވޭނެކަމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ހިތާމަކުރާ ކަމަށާއި ހިތްދަތިވާ ކަމަށް ބުންޏެވެ.

ޑޮނަރުމާގެ މި ބަޔާން އައިސްފައިވަނީ އޭނާގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާއިރު، އައު އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން ކުލަބުން ވަކިވާން ނިންމާފައިވާ ކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ. އިޓަލީގެ މި ގޯލްކީޕަރަކީ ޕީއެސްޖީގެ ސަޕޯޓަރުން ވަރަށް ބޮޑަށް ލޯބިކުރާ ކުޅުންތެރިއެކެވެ. އަދި ފާއިތުވި އަހަރުތަކުގައި ކުލަބުން ހޯދި ކާމިޔާބީތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ޑޮނަރުމާއާމެދު ޕީއެސްޖީއިން ކަންތައްކުރި ގޮތާމެދު ހިތްހަމަނުޖެހި އޭނާގެ ސުޕަ އެޖެންޓް ރައިއޯލާ ވާހަކަ ދައްކާފައިވާއިރު، މިމައްސަލައިގައި ޕީއެސްޖީ އާމެދު ޤާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް ރިޕޯޓްތައް ލިބެއެވެ.

ޑޮނަރުމާ މެންޗެސްޓަރ ސިޓީއާއި ގުޅުމުގެ ހުރިހާ ކަމެއް ފައިނަލް ވުމުގެ މަގުމަތީގައިވާކަމަށް ރިޕޯޓްތައް ލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރީމް އަޑެޔެމީ ހޯދުމަށް ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައިފިކުޅިވަރު | 8 ދުވަސް ކުރިންޗެލްސީގެ އަންދްރޭ ސަންޓޯސް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެކުޅިވަރު | 8 ދުވަސް ކުރިންބްރޫނޯ ގިމަރޭސް އާސެނަލްއަށް ބަދަލުވާން ބޭނުންވާކަން ނިއުކާސަލްއަށް އަންގައިފިކުޅިވަރު | 8 ދުވަސް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | 19 ދުވަސް ކުރިން