logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސިޓީއިން އެޑަސަން ވިއްކާލުމަށްފަހު ޑޮނަރުމާ ހޯދަނީ

އަބްދުﷲ ޣާނިމް
12 އޯގަސްޓު 2025 - 14:24
ސިޓީއިން އެޑަސަން ވިއްކާލުމަށްފަހު ޑޮނަރުމާ ހޯދަނީ

މެންޗެސްޓަރ ސިޓީގެ ގޯލްކީޕަރު އެޑަރސަން ގަލަޓަސަރޭއަށް ބަދަލުވުމުގެ މަގުމަތީގައި ވަނިކޮށް، ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ)ގެ ގޯލްކީޕަރު ޖިއަންލުއިޖި ޑޮނަރުމާ ގެނައުމަށް ސިޓީން މަސައްކަތް ފަށައިފިއެވެ.

ތުރުކިޔޭގެ ގަލަޓަސަރޭއިން އެޑަރސަންއާއެކު 2028 ވަނަ އަހަރާ ހަމައަށް އެއްބަސްވުމަކަށް އާދެވިފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން އެޑަރސަންއަށް އަހަރަކު 8 މިލިއަން ޔޫރޯ ލިބޭނެއެވެ. ނަމަވެސް އެދަސަންގެ ސޮއި ހޯދުމަސް ގަލަޓަސަރޭއިން ހުށަހެޅި 3 މިލިއަން ޔޫރޯގެ އަގު ސިޓީއިން ވަނީ ބަލައިނުގަނެ ދޫކޮށްލާފައެވެ. ސިޓީއިން ޑިމާންޑްކުރަނީ 10 މިލިޔަމް ޔޫރޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން 2026 ވަނަ އަހަރާ ހަމައަށް ޕީއެސްޖީއާއެކު އެއްބަސްވުމެއްގައި ހުރި ޑޮނަރުމާ ވަނީ ޕީއެސްޖީއާއެކު އެއްބަސްވުން އައުކުރުމަށް އިންކާރުކޮށްފައެވެ. މިއާއެކު ޕީއެސްޖީއިން ވަނީ ލިލްގެ ގޯލްކީޕަރު ލޫކަސް ޝެވަލިއޭގެ ސޮއި ހޯދާފައެވެ. އަދި މިއާއެކު ޑޮނަރުމާ ވަނީ މިހަފްތާ ބަންދުގައި ކުޅޭ ޔުއެފާ ސުޮަކަޕްގެ ސްކޮޑުން ބޭރުކޮށްފައެވެ. މިއާއެކު ޑޮނަރުމާ މި ޖޫންމަހުގައި ކުލަބު ދޫކޮށްލާނެކަން ގާތްގަނޑަކަށް ވަނީ ޔަޤީންވެފައެވެ.

ސިޓީގެ އިތުރުން ޑޮނަރުމާގެ ސޮއި ހޯދުމަށް ޔުނައިޓެޑުންވެސް ޝައުޤުވެރިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލާ އަތުން ބަލިވެ، ސިޓީއިން މުހިންމު ތިން ޕޮއިންޓް ނަގާލައިފިކުޅިވަރު | 7 ދުވަސް ކުރިންހާލަންޑްގެ ހަމައެކަނި ގޯލާއެކު މެންޗެސްޓަރ ސިޓީ ތާވަލުގެ 5 ވަނައަށްކުޅިވަރު | މަހެއް ކުރިންކަރަބޯކަޕްގެ ރައުންޑް 3އެއްގައި ސިޓީ އާއި އާސެނަލް އަށް މޮޅެއްކުޅިވަރު | މަހެއް ކުރިންސިޓީ ބަހައްޓާލި ބަސް، އާސެނަލްއިން ފަހުގަޑީގައި ދަމާލުމާއެކު ލިވަޕޫލް ސަޕޯޓަރުން ހެވިފައިކުޅިވަރު | މަހެއް ކުރިން