ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރަން ހުށަހަޅައިފި

ރާއްޖެއަށް އެެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން

16 އޭޕްރީލު 2025 - 05:33
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސްޓޭޓް ޑިޕާޓްމަންޓުގެ ހަރަދުތަކުން 50 އިންސައްތަ ކުޑަކުރުމަށްޓަކައި ބަންދުކުރަން ނިންމާފައިވާ 30 މިޝަންގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީވެސް ހިމަނާފައިވާކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.
2026 ވަނަ އަހަރުގެ ބަޖެޓުން 30 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ކުޑަކުރުމަށް ހުށަހަޅާފައިވާ ކަމަށް ވައިޓް ހައުސްގެ ބަޖެޓް އޮފީހުން ސްޓޭޓް ޑިޕާޓްމަންޓަށް ފޮނުވާފައިވާ ލިޔުންތަކުން ދައްކާކަމަށާއި މި ޕްލޭނުގެ ދަށުން، 10 އެމްބަސީއަކާއި 17 ކޮންސިއުލޭޓެއް ބަންދުކޮށް، ފޮރިން މިޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މަދުކުރަން ވަނީ ނިންމައިފައިކަމަށް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ.
މި ޕްލޭނުގެ ދަށުން، ބޮޑެތި ބައިނަލްއަޤްވާމީ އެހީތައް ކަނޑާލަން ހުށަހަޅާފައިވާ އިރު ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ އިތުރުން ދެން ބަންދުކުރުމަށް ވިސްނަމުންދާ 9 އެމްބަސީއަކީ އެރިޓްރިއާ، ގްރެނާޑާ، ލެސޯތޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލަގްޒެމްބާގް، ރިޕަބްލިކް އޮފް ދަ ކޮންގޯ، ގެމްބިއާ، ސައުތު ސޫދާން އަދި މޯލްޓާގައި ހުންނަ އެމްބަސީ ކަމަށް ރޮއިޓާސް ލިބިފައިވާ ލިޔުމަކުން އެނގޭ ކަމަށް އެ ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ.ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް އެމެރިކާގެ ޑިޕްލޮމަސީ އަދި އެހީގެ ބަޖެޓްތައް ތިންބައިކުޅަ އެއްބަޔަށް ކުޑަކުރުމަށް ހުށަހެޅި ނަމަވެސް، ކޮންގްރެސްއިން އެކަމަށް އިންކާރުކުރިއެވެ. މިފަހަރު ހުށަހަޅާފައިވާ ޕްލޭނުގައި 2026 ވަނަ އަހަރަށް ސްޓޭޓް ޑިޕާޓްމަންޓްގެ ބަޖެޓް 28.4 ބިލިއަން ޑޮލަރަށް ކުޑަކުރުމަށް ހުށަހަޅާފައިވެއެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަން ވިސްނާއިރު، އެމެރިކާ އެމްބަސީއަށް ހުޅުމާލެއިން މިހާރު ބިމެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މިހާރު އެމްބަސީ ހިންގަމުން އަންނަނީ ހުޅުމާލޭގައި ހުންނަ ސަރުކާރުގެ އޮފީސް އިމާރާތް، އުމަރު ޒާހިރު ބިލްޑިން އިން ތަނެއް ކުއްޔަށް ހިފައިގެންނެވެ.
އިތުރު ލިޔުންތައް

އިނގިރޭސިވިލާތުގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި
9 މަސް ކުރިން
އަގްސާ މިސްކިތުގައި ފައްޅިއެއް އަޅަން ގޮވާލުން ރާއްޖެއިން ކުށްވެރި ކޮށްފި
9 މަސް ކުރިން
އައިއޭއީއޭގައި ބައިވެރިވާން ރާއްޖެއިން ނިންމައިފި
9 މަސް ކުރިން