logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ޓިކްޓޮކްގެ އިސް ވަފުދާ ބައްދަލުކުރައްވައިފި

އާމިނަތު ޝަފާ
16 އޭޕްރީލު 2025 - 06:53
ރައީސް ޓިކްޓޮކްގެ އިސް ވަފުދާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓިކްޓޮކް ގެ އިސްވެރިންގެ ވަފުދާ ބައްދަލުކުރައްވައި ރާއްޖޭގެ ޑިޖިޓަލައިޒޭޝަންގެ ތަސައްވުރު ހިއްސާކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ރައީސް ވަނީ ދިވެހިރާއްޖޭގައި ޑިޖިޓަލައިޒޭޝަނާ ގުޅޭގޮތުން ގެންގުޅުއްވާ ތަޞައްވުރު ހިއްސާކުރައްވައި ދެފަރާތުންވެސް ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށް ދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޓިކްޓޮކާއެކު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިންވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

ދިވެހިރާއްޖޭގެ ފަންނުވެރި އިޤްތިޞާދުގައި ހަރަކާއްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯއްދަވައި ދެއްވައި، އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުގެ ތެރެއިން، ދުނިޔޭގެ ބޮޑެތި ޑިޖިޓަލް ޕްލެޓްފޯމްތަކުން ފަސޭހަކަމާއެކު ފައިސާލިބޭނެ މަގުތަނަވަސްކޮށްދިނުމަށް ގިނަ މަސައްތަކްތަކެއް ދަނީ ކުރެވެމުންނެވެ.

ޓިކްޓޮކްގެ ވަފުދުން ކުރަމުން މިދާ ޒިޔާރަތުގައި ރާއްޖެއަށް ޓިކްޓޮކްގެ އިތުރު ޙިދުމަތްތައް ތައާރަފު ކުރުމަށް، ކަމާއުގުޅޭ އެކި ފަރާތްތަކާއެކު މުހިންމު މުޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ދެމުންގެންދާ ޙިދުމަތްތަކާގުޅޭ ޤާނޫނީ ކަންކަމާއި، ފައިސާގެ މުޢާމަލާތްތަކާއި، ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހާއްސަކޮށް ޓިކްޓޮކްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަކަތައިގެ އަގުތަކަކީ ރާއްޖެއަށް ހައްސާސް ގޮންޖެހުމެއް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި ޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެއާއި ޖަރުމަންގެ ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރުފުރުން ފާހަގަކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންރާއްޖެއާއި ޖަރުމަނާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފިޚަބަރު | 17 ގަޑިއިރު ކުރިން