logoEN
ޚަބަރު

ވުޒާރާއާ އެޗްޑީސީން ފޭސް 2 ގައި މިސްކިތެއް އަޅަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ މިސްކިތެއް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، އެޗްޑީސީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި -- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ މިސްކިތެއް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، އެޗްޑީސީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި -- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ މިސްކިތެއް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެޗްޑީސީގައި ކުރިއަށްދިޔަ ހާއްސަ ބައްދަލުވުމެއްގައެވެ.

މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މައުރޫފް ޖަމީލްއެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓު 22،386 (ބާވީސް ހާސް ތިންސަތޭކަ އަށްޑިހަ ހަޔެއް) ގައި 2،500 އާއި 3،000 ދެމެދުގެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ ބޮޑު މިސްކިތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެންނެވެ. މި މިސްކިތުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ މިސްކިތް އެޅުމަށް ޚަރަދު ކުރާ ފަރާތުންނެވެ.

މިސްކިތް އެޅުމަށް ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައިވާއިރު، މި މިސްކިތް ނިމޭއިރު ސޯލާއާއި އޭސީ ވެސް ހަރުކުރެވިގެންދާނެއެވެ. މި މިސްކިތް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.

މީގެ އިތުރުން މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރުގެ ތެރޭގައި ނިމޭނެ ކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

871x217_placeholder