logoEN
ޚަބަރު

''ޑިމެންޝިއާ'' އަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި އަލްޒެއިމާ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން، ‘’ޑިމެންޝިއާ'' އަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޑިމެންޝިއާއަކީ ހަނދާން ކުރުމަށާއި، ވިސްނުމަށާ އަދި އާންމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ދަތިވުންތަކަށް އިޝާރާތްކޮށް ބޭނުންކުރާ ލަފުޒެކެވެ.

ހުޅުމާލެ ބްލޫސް ޓަވަރު ބީ ގްރައުންޑް ފްލޯގައި މި އެޕްރީލް މަހުގެ 13 އިން 15 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޑިމެންޝިއާއަށް ސްކްރީންކޮށްފައިވަނީ 60 އަހަރުން މަތީގެ މީހުންނެވެ. 60-50 އަހަރާ ދެމެދުގެ މީހުން ޑިމެންޝިއާއަށް ސްކްރީންކޮށްފައިވަނީ ރިސްކް ފެކްޓާސްތަކަށް ބެލުމަށްފަހު ރިސްކް ފެކްޓާއެއް ހުރިނަމައެވެ. މި ސްކްރީނިންގ ޕްރޮގްރާމުގައި ޖުމުލަ 55 މީހުން ސްކްރީން ކޮށްފައިވެއެވެ. އަދި ޑިމެންޝިއާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކޮމެންޓް

871x217_placeholder