ފުލުހުންގެ 92 ވަަނަ އަހަރީ ދުވަހާ ގުޅިގެން މޭވާގަސް އިންދުމުގެ ޕްރޮގްރާމް ށ. އަތޮޅުގައި ފަށައިފި


17 އޭޕްރީލު 2025 - 04:30
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ ސަރަހައްދެއްގައި މޭވާ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މިގޮތުން އަޕަރ ނޯތު ޕޮލިސްގެ ހުރިހާ ރަށެއްގައި ވަރަށް ފުރިހަމައަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ ށ. އަތޮޅުގައި ވެސް މި ހަރަކާތް ވަނީ ފަށާފައެވެ.
މިލަންދޫގައި ޚިދުމަތްކުރާ ހުރިހާ އޮފިސަރުން ބައިވެރިވެ، ލައިސަންސް ޓްރެކް ސަރަޙައްދުގައި 16 މޭވާ ގަސް ވަނީ އިންދާފަ އެވެ.
މިމަސައްކަތަކީ ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ އިތުރުން، ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، ފެހި އަދި ދެމެހެއްޓެނިވި ރާއްޖެއަކަށް ކުރެވޭ މަސައްކަތެކެވެ.
އެގޮތުން ކޮަމަންޑޫ، ފޯކައިދޫ އަދި ފޭދޫގައި ވެސް ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެ މޭވާ ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.
އިތުރު ލިޔުންތައް
ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދަނީ
10 މަސް ކުރިން
ކޮންމެ 5 މިނެޓަކުން މަގުމަތިން ފުލުހަކު ފެންނަން ގޮތަށް އިންތިޒާމު ކުރަނީ
9 މަސް ކުރިން
އެފްކޮންސްގެ މުވައްޒަފަކު ޒަޚަމުވެ މަރުވެފައި އޮއްވާ ފެނިއްޖެ
9 މަސް ކުރިން.jpg&w=3840&q=75)