logo
Bank of Maldives

Bank of Maldives

ޚަބަރު

ފަސޭހަނުވެ ހުންނަ ފާރުގަނޑުތަކަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގައި ހުޅުވައިފި

އަޙްމަދު ޒަލީފް
17 އޭޕްރީލު 2025 - 15:01
ފަސޭހަނުވެ ހުންނަ ފާރުގަނޑުތަކަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގައި ހުޅުވައިފި

ފާރުގަނޑުތަކަށް ޚާއްސަ ފަރުވާދިނުމަށް އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

ޒަމާނީ ވަސީލަތްތަކާއެކު، ހުޅުމާލެ ހޮސްިޓަލުގައި ހުޅުވުނު މިކްލިނިކްގެ ކަންކަން ބަލަހައްޓައި ހިންގާނީ ވަކިގޮތަކަށް މެނޭޖްކުރެވިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކްލިނިކް އިފްތިތާހުކޮށްދެއްވީ ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.

މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިފަދަ ކްލިނިކެއް ހުޅުމާލެފަދަ އިތުރުވަމުންދާ އާބާދީއެއް ހިމެނޭ ސަރަޙައްދެއްގައި ހުޅުވިގެން ދިއުމަކީ ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ.

މީގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ފާރުތަކަށް ފަރުވާ ހޯދުމަށް ބަލިމީހާ ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ނަމަވެސް އެޑްވާންސްޑް ވޫންޑް ކެއާ ކްލިނިކް ހުޅުވުމުން ބަލިމީހާ ކްލިނިކުގައި ރަޖިސްޓްރީކުރެވި އެކްލިނިކުން ބަލިމީހާއަށް ދޭނެ ފަރުވާ އާއި ބަލާނެ ދުވަސްވެސް ކްލިނިކުން ހަމަޖައްސާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވަނީ 2025ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖުމަލަ 5،076 ބަލިމީހުންނަށް ޒަޚަމްތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލީ ކޮވިޑްތެރޭގައި، އެމްޑީޕީގެ ވެރިކަމުގައި ޚަބަރު | 7 ދުވަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި އާތުރޮސްކޮޕިކް ކަކުލުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފިޚަބަރު | މަހެއް ކުރިންއެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 3 މަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފިޚަބަރު | 3 މަސް ކުރިން