logoEN
ރިޕޯޓް

އިސްރާއީލް ޕާސްޕޯޓް މަނާކުރުން: އެމްޑީޕީން ކުރި ޖެއްސުމުގެ ތެރެއިން ރައީސްގެ ހިތްވަރުގަދަ ނިންމެވުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ

18 އޭޕްރީލު 2025 - 09:30

މިހާރު ހިނގަމުން ދާ 20 ވަނަ މަޖިލީހަކީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސުޕަރ މެޖޯރިޓީއެއް އޮތް މަޖިލީހެކެވެ. މަޖިލީހުން ބިލެއް ފާސްކުރާކަށް އެހެން ޕާޓީއެއްގެ މަދަދު ބޭނުމެއްނުވެއެވެ. އެހެންވީއިރު، މަޖިލީހުން ފާސްކުރި ބިލެއްގެ ކްރެޑިޓް ލިބެންވާނީ ތިމަންނާމެންނަށޭ އިދިކޮޅު އެމްޑީޕީން ބުނާ ބުނުމަކީ އަރަތެއް ނޫންހެއްޔެ؟

ޕީއެންސީގެ އެންމެ އިސް ފަރާތް، އަދުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒަކީ ފަލަސްތީނުގެ ބިންތައް ފޭރިގެންތިބި އިސްރާއީލޭ ކިޔުނު ޖަމާއަތުގެ ޢަމަލުތައް އެންމެ ހަރު އަޑުން ކުށްވެރިކުރަށްވަމުން ވަޑައިގަންނަވާ އިސްލާމީ ލީޑަރެވެ. އެމަނިކުފާނުވަނީ ބައިނަލްއަގްވާމީ އެތައް ފޯރަމެއްގައި ފަލަސްތީނުގެ ދިފާޢުގައި އަޑު އުފުއްލަވާފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ވަނީ އިސްރާޢީލްގެ ޢަމަލުތައް ހުއްޓުވަން ބައިނަލްއަގްވާމީ ކޯޓަށް ވެއްދި މައްސަލަތަކުގައި ވެސް ބައިވެރިވުން ދީފައެވެ. މިއީ އެމްޑީޕީގެ ވެރިކަންތަކުގައި ފެނުނު މަންޒަރުތަކެއް ނޫނެވެ.

އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ތަކުރާރުކޮށް އަޑުއުފުއްލާ އިސްލާމީ އަޑަކީ ރައީސް މުޢިއްޒެވެ. އެއީ މިއަދު މުޅި ދުނިޔެއަށް ބަލައިލިނަމަވެސް ފެންނާން އޮތް ބޮޑު ޙަޤީޤަކެވެ.

''ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން. އެހެން ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް، ދިވެހިރާއްޖެ އެއްގޮތަކަށްވެސް ބަލައެއްނުގަންނާނެ.މިގޮތުން، އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅައިފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖެއިން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅައިފައި. ހަމައެހެންމެ، އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި، އ.ދ. އާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި، ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަށް އެދި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު، ދިވެހިރާއްޖެއިން ވާނީ ކޯ ސްޕޮންސަރ ކޮށްފައި.'' ރައީސް ޑރ. މުޢިއްޔު (ރިޔާސީ ބަޔާން 2025)

ކަން މިހެންއޮތްއިރު، 15 އޭޕްރިލް 2025 ގައި މަޖިލީހުން ފާސްކޮށް، ހަމަ އެދުވަހު ރައީސް ތަސްދީގްކުރެއްވި އިސްރާއީލް މީހުން ރާއްޖެ އެތެރެވުން މަނާވާ ޤާނޫނާއި ގުޅުވައިގެން އެމްޑީޕީން ''ފަޅަމުން ދަނީ ފެން ނެތް ބޮޑެތި ކާއްޓެވެ''. އެމްޑީޕީން ކުރިހާވެސް ކަމަކީ ޖެއްސުންކޮށް، އެކަން ވިޔަނުދިނުމެވެ.

އެމްޑީޕީއިން ސަރުކާރަށް ޖެއްސުން ކުރަން ބިލެއް ހުށަހެޅުން

ކުރިން ވެސް ފާހަގަކުރެވުނު ފަދައިން އިސްރާއީލްގެ ޢަމަލުތަކާއި ދެކޮޅަށް މިހާތަނަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި ދިވެހި ރައީސަކީ ރައީސް މުޢިއްޒެވެ. އެންމެ ގިނަ މަސައްކަތްކުރެއްވީ އެމަނިކުފާނުގެ ސަރުކާރުންނެވެ. އެކަން އެގޮތަށް އަދިވެސް ދަނީ ކުރިއަށެވެ. މި މަސައްކަތުގެ ތެރެއިން އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ މަޝްވަރާތަކެއް ސަރުކާރުގެ މަތީ ފަޑީގައި ހިންގަން ފެށިއެވެ. އަދި އެކަމަށް ބޭނުންވާ ޤާނޫނު ހެދުމަށް ދިރާސާތައް ފަށައި، ތަރުތީބުކުރާން ޖެހޭ ކަންކަމުގެ މަސައްކަތް ފެށިއެވެ. މިއަޑު އިވުމާއެކު އެމްޑީޕީން އަވަސް އަރުވާލާފައި މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. އެ ބިލު ހުށަހެޅިއިރު އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ އޮތީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ވެސް ކޮށްފައެވެ. އެހެންވެ އެމްޑީޕީގެ ނިޔަތަކަށްވީ ސަރުކާރަށް ޖެއްސުމެއްކޮށް، އެކަމުގެ ކްރެޑިޓް ހޯދުމަށް މަސައްކަތްކުރުމެވެ.

ލަސްތަކެއްނުވެ ވަޒީރުންގެ މަޖިލީހުން އިސްރާއީލް ޕާސްޕޯޓު މަނާކުރަން ނިންމައި، އެކަމުގެ މަސައްކަތްތައް ފެއްޓެވިއެވެ. ރާއްޖެއަކީ ބައިނަލްއަގްވާމީ ގުޅުންތަކުގެ ތެރޭ ހިމެނޭ، އިގްތިސާދު ނާޒުކް ގައުމެއްކަމުން އެކަން ކުރާން ޖެހިފައި އޮތީ ހިކުމަތްތެރިކަން އިސްކޮށްގެން އެންމެނަށް ވެސް އެނގެއެވެ. އެހެންވެ އެފަދަ ކަމެއް ތަރުތީބު ކުރުމަކީ އޯވަނައިޓަކުން ވާނެކަމެއް ނޫންކަން ހަމަބުއްދިހުރި ކޮންމެ ދިވެއްސަކަށްވެސް މޭރުންވާނެއެވެ.

ޖެއްސުން ކުރުމަށް އެމްޑިޕީން މަގުމަތީގެ މުޒާހަރާތަކަށް

އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ރަސްމީ މަސައްކަތް ސަރުކާރުން ފެށުމުން އެމްޑީޕީން ގައުމު ހަލަބޮލިކުރުމުގެ މަސައްކަތް ފެށިއެވެ. އެހެން ނަމެއް ކުރިއަށް ނެރެ، މަގުތައް ހަލަބޮލިކޮށް ބަރަކާތްތެރި ރޯދަމަހުވެސް މުޒާހަރާތައް ކުރަމުން ދިޔަ އެމްޑީޕީގެ ފޮރުވިފައިވާ މަގްސަދަކީ ސަރުކާރަށް ޖެއްސުންކޮށް ފަތުރުވެރިކަމަށް ލޮޅުން އަރުވާލުމެވެ. ފަތުރުވެރިކަން ދައްވެއްޖެނަމަ އެ ސިނާއަތުގެ ވިޔަފާރިވެރިންގެ ޕްރެސަރާހެދި އިސްރާއީލް ޕާސްޕޯޓު މަނާކުރަން ސަރުކާރަށް ލަސްކަމެއް އައިސްފިނަމަ އެކަމުން ވެސް ކްރެޑިޓްނަގައި ސަރުކާރު ބަދުނާމު ކުރުމަކީ އެމްޑީޕީގެ ބޭނުމަކަށް ވެފައި އޮތްކަމެވެ. އިސްރާއީލް ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ނިސްބަތުން މަދު ނަމަވެސް އިސްރާއީލަށް ތާއީދުކުރާ ބައެއް ގައުމުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އާދެއެވެ. އެމްޑީޕީގެ ބޭނުމަކަށް ވީ އެކަމުގެ ތެރެއަށް ވަދެ، ހާލަތު އިތުރަށް ގޯސް ކުރުމެވެ. މި މައްސަލަ ނިންމަން ވަގުތު ނެގީ ވެސް އެމްޑީޕީގެ މިފަދަ ދުއްތުރާއާއި ޖެއްސުމުގެ ސަބަބުންނެވެ.

''އަޅުގަނޑުމެންގެ މަސައްކަތްވެސް އިތުރު ހަރުފަތްތަކަކަށް މިއަދު ގެންދަންޖެހޭ. މިއީކީއެއް ދެ ޤައުމެއްގެ ދޭތެރޭގައި އޮތް މައްސަލައެއް ނޫން. މިއީ، އިސްލާމީ އުއްމަތަށް ކުރިމަތިވެފައި އޮތް ބޮޑު ކަމެއް. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންގެ ސިފަޔަކީ، އެއް މުސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައި މުޅި އުންމަތް ޝާމިލްވުން. އެއީ، ދީނުގައި ކަން އޮތްގޮތް. ހަށިގަނޑުގެ އެންމެ ކުޑަ ތަންކޮޅަކަށް ތަދުވިޔަސް، މުޅި ހަށިގަނޑު އެކަމުގައި ވޭންއަޅާނެކަން، މިސާލެއްގެ ގޮތުގައި އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ދަސްކޮށްދީފައި އޮންނަނީ. އެއީ، މުސްލިމް އުންމަތުގެ ސިފަޔަކީ. އެހެންވީމާ، މިއީކީއެއް ފަލަސްޠީނާއި އިޒްރޭލާ ދޭތެރޭގައި އޮތް މައްސަލައެއް ކަމަށް ބަލައި، އަޅުގަނޑުމެން ލޯމަރައިލައިގެން ތިބެގެން ނުވާނެ. މިއީ، އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް ޙައްޤެއް. ޒިންމާއެއް. މަސްއޫލިއްޔަތެއްގެ ގޮތުގައި ބަލަން އެބަޖެހޭ. ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް، ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭ ކަމެއް މިއީ.'' ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސްގެ ހިތްވަރު ބަލިކޮށެއް ނުލެވުނު، މައްސަލައިގެ ނަތީޖާއަކާއި ހަމައަށް
''މިއީ ދިވެހި މި ޤައުމުގައި މިހާހިސާބަށް މި ޤައުމަށ،ް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް އަޅުގަނޑުމެންގެ މި ދީނަށް ނިސްބަތްވާ އެހެން ޤައުމެއްގ،ެ އަޅުގަނޑުމެން އަޚުންނާއި އުޚުތުންނަށް އަނިޔާވެރިކަން ދެމުންދާ އެތައް ޒަމާނެއްވެފައި އޮތް ކަމެއްގައި މި ޤައުމުން އަޅުގަނޑުމެންގެ މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ނިންމެވި ވަރަށް މުހިންމު ނިންމެވުމެއ.ް މި ވާހަކަ މި ދެންނެވީ އިއްޔެގައި ރައްޔިތުންގެ މަޖިލީހުން މި ނިންމެވި ނިންމެވުމަށް އިޝާރާތްކޮށެއް ނޫނ.ް މީގެ ކުރިން އޮތީ ވަޒީރުންގެ މަޖިލީހުގެ އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެނުކުރެވޭނެ ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި.'' ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހީމް ފަލާހް

އެމްޑީޕީގެ ދުއްތުރާގެ ތެރެއިން ވެސް މަޖިލީހުގެ ތެރެއިން އެމަސައްކަތް ހަލުވި ކުރުމަށްޓަކައި އިތުރު ބިލެއް ހުށަހެޅުމުން ވެސް ވަގުތުތަކެއް ނަގާނެތީ ހުށަހެޅިފައި އޮތް ބިލް ނިންމުމުގެ މަސައްކަތް ޕީއެންސީން ކުރިއެވެ. އިސްވެ ބަޔާންކުރެވުނު ބަސް ކޮޅަކީ އެ ބިލްގެ މަސައްކަތް ނިންމައި، ބިލު ފާސްކުރި ދުވަހު، އެ ބިލުގެ ކޮމެޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވިދާޅުވި ވިދާޅުވުމެވެ.

''އިސްރާއީލުގެ މި މައްސަލައަކީ ، ޙަޤީޤަތުގައި މި އި ސްރާއީލުން ފަލަސްތީނަށް ދެމުން މި ދާ އަނިޔާވެރިކަމަކީ މި 20 ވަނަ ރައްޔިތުންގެ މަޖިލިސް ނުވަތަ އަޅު ގަނޑުމެންގެ މިއަދު ގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވިފަހުން ހިނގަމުން އަންނަ މައްސަލައެއް ނޫނ.ް މިއީ އަޅުގަނޑުމެން ދުނިޔެއަށް އުފަން ވެސް ނުވަނީއްސުރެ އެތައް ޒަމާނެއް ކުރިން ހިނގަމުން އަންނަ މައްސަލައެއ.ް އޭގެ ފަހުން މި ރާއްޖޭގައި އެކިއެކި ވެރިން ވެރިކަން ކުރައްވައިފ.ި މި ފަދަ ނިންމުމެއް ނިންމަވާކަށް ނުކުރެނު.'' 15 އޭޕްރީލު 2025 ގައި އޮތް އެ ޖަލްސާގައި ފަލާހް އިތުރަށް ވިދާޅުވެފަވެއެވެ.
ފަލަސްތީނުގެ ހިމާޔަތުގައި އެމްޑީޕީން ކުރިކަމެއް ނެތް
''އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ 19 ވަނަ ރައްޔިތުންގެ މަޖިލިސ.ް އެއީ މިހާރު މި ހިނގަމުންދާ އަނިޔާވެރިކަން އެންމެ ބޮޑުވެގެންދިޔަ ދުވަސްވަރު އޮތީ އެމ.ްޑ.ީޕީގެ ވެރިކަނ.ް 19 ވަނަ ރައްޔިތުންގެ މަޖިލިސް އޮތ.ީ މި އިޞްލާޙު ހުށަހެޅުއްވި އިއްޒަތްތެރި މެންބަރު ހިމެނިވަޑައިގަންނަވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައ.ި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެކިއެކި ކޮމިޓީތަކުގައި މި ފްލޯރގައި ކުރެވުނު މަސައްކަތްތައް އެބަހުރި ފެންނަނ.ް 19 ވަނަ މަޖިލީހުގައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުންނަށް ހީވަނީ ތިމަންނަމެން އެ ދުވަހު ކުރި މަސައްކަތެއް ފެންނާކަށް ނުހުންނާނ.ޭ މި މައްސަލައިގައ،ި އިސްރާއީލު ޕާސްޕޯޓު ނުވަތަ އިސްރާއީލާ ދޭތެރޭ ފިޔަވަޅެއްއެޅުމުގެ މައްސަލައިގައި ގަރާރެއް ހުށަހެޅުން ފިޔަވައި އިތުރު އެއްވެސް ކަމެއް މި ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރެވިފައެއް ނެތ.ް މިދިޔަ ސަރުކާރަކަށް ވެސް ކުރެވިފަ އެއް ނެތް.'' ބިލުގެ ކޮމެޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވިދާޅުވިއެވެ.

އެދުވަހު ފަލާހް ވިދާޅުފައިވާ ގޮތުގައި 241 ކޮމިޓީގައި އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ ނިންމުމުގެ ކުރިން ވަރަށް ފުޅާ ދާއިރާ ގައި ބަހުސްކުރެވުނުކަމަށެވެ. ޚާއް ޞަގޮތެއްގައި މި ދިޔަ ދުވަސްތަކުގައި 241 ކޮމިޓީއަށް ކަމާ ގުޅުންހުރި އެކިއެކި މުއައްސަސާތައް ގެނެސް، ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.

''މިއީ ކޮންކަހަލަ ކަމެއްތޯ، މިކަން ކުރީމަ ވާނީ ކިހިނެއްތޯ، މިކަން ކުރާނީ ކިހިނެއްތޯ، މި ކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ،'' ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވި ގޮތުގައި އެ މަސައްކަތަށް އެމްޑީޕީން އެއްބާރުލުން ދީފައެއް ނުވެއެވެ.

''އެހެންނަމަވެސ،ް ދަންނަވައިލަން ބޭނުން، މި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ އެމް.ޑީ.ޕީ އަށް ތަކުރާރުކޮށް ސިޓީ ފޮނުވިން، މި ކޮމިޓީއަށް އައިސް މިއާ ދޭތެރޭ ދެކޭ ގޮތެއް ދަންނަވާލަދޭށޭ، ނުކެރުނު، ހުމާ ރަޖާލާފައި ތިބީ، ނުކެރުނު، ކީއްތޯ ވާނީ މި ތާނގައި ލައިވްކޮށް އައިސް 241 ކޮމިޓީގައި ދަންނަވަން، ތިމަންނަމެންނަށް ފެނެޔޭ ތި މަނާކުރަން، އެއިން ބޭފުޅަކު ލޯ ވެސް ދިއްކޮށްނުލި، ސިޓީ ލިބުނު ކަމަށް ވެސް ނުހެދި، ހަތަރު ފަސް ފަހަރަށް ސިޓީ ފޮނުވިން،'' ފަލާހް ވިދާޅުވެފައެވެ.

ފަލާހް މި ބަސްތަކުން އެކަނި ވެސް މިކަމުގައި އެމްޑީޕީގެ އޮތް އިހްމާލް ސާފުވެއެވެ.

ރައީސްގެ ހިތްވަރުގަދަ ނިންމެވުމެއް، ތައުރީފް އޮހެނީ

މަގާއި ހާލުވެވަޑައިގަތީއްސުރެ ރައީސް ދެމި ހުންނެވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދެއްވުމުގައި ވަކާލާތުކުރެއްވުން މަތީގައެވެ.

''ޣާޒާގެ ބިމަކީ ފަލަސްޠީނު ރައްޔިތުންގެ މިލްކެއް. ޣާޒާއިން ފަލަސްޠީނު ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމަކީ، ފަލަސްޠީނުގެ ވެރިރަށް ކަމުގައި ގަބޫލުކޮށް، ފަލަސްޠީނުގެ ވަކި ދައުލަތެއް އުފެއްދުމަށް. އަދި ވަކި ދައުލަތެއް ގާއިމުކުރުމަށް ފަލަސްޠީނު ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން.'' ރައީސް ޑރ. މުޢިއްޒު (ރިޔާސީ ބަޔާން 2025)

އިސްރާއީލް ޕާސްޕޯޓު މަނާކުރަން ނިންމެވުމަކީ ރައީސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެއްވުމަށް ކުރަށްވާ މަސައްކަތްޕުޅަށް އިތުރުވި ބޮޅެއްކަން ކަށަވަރެވެ. ރާއްޖެ، ފަލަސްތީނާއެކު އޮތްކަން ދައްކައި ދިނުމުގެ ދިރިހުރި މިސާލެއްކަމާމެދު ސުވާލެއްނެތެވެ. އެކަން މިއަދު ބައިނަލް އަގްވާމީ ދުނިޔެ ދަނެއެވެ. ރައީސްގެ ހިތްވަރުގަދަ ނިންމެވުމަށް ދަނީ ތަޢުރީފް އޮހެމުންނެވެ. މިއަދު ކޮންމެ ދިވެއްސަކުމެ އެމަނިކުފާނާމެދު ފަޚުރުވެރިވާންޖެހެއެވެ.

ކޮމެންޓް

871x217_placeholder