”އުންމަތް ފަލަޞްޠީނާއެކު“ގެ ނަމުގައި މިރޭ މާލޭގައި ބޮޑު ހިނގާލުމެއް

އުންމަތް ފަލަސްތީނާއެކު ބޭއްވި ހިނގާލުމެއްގެ ތެރެއިން -- ފޮޓޯ: އަވަސް

18 އޭޕްރީލު 2025 - 10:28
”އުންމަތް ފަލަޞްޠީނާއެކު“ ގެ ނަމުގައި މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ވަނީ ނިންމާފައެވެ.
ރާއްޖޭގެ އެތައް ޖަމިއްޔާތަކެއް ގުޅިގެން މިރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ ހިނގާލުން ފެށޭނީ މަޖީދީމަގު ސޯޝަލް ސެންޓަރު ކުރިމަތިން އަދި މި ހިނގާލުން ނިންމާލަނީ މަޖީދީ މަގުން ގޮސް އާޓިފިޝަލް ބީޗް ސަރަޙައްދަށެވެ.
ޔޫތު ފޯ ޔުނިޓީއާއި އެހެނިހެން ޖަމިއްޔާތަކާއި ދިނީ ޢިލްމުވެރިންނާއި އަދި ދީނީއެކި ހަރަކާތްތައް ހިންގާ ފަރުދުން ގުޅިގެން ބާއްވާ މި ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗު ސަރަހަދުގައިފަލަޞްޠީނުގެ މުސްލިމުންގެ ޙައްޤުގައި ދިވެހިރާއްޖެއަށް އެޅިދާނެ އިތުރު ފިޔަވަޅުތަކުގެ ޝުއޫރު ފާޅުކުރުން އޮންނާނެއެވެ.
މި އިވެންޓުގައި ބޭނުންކުރާ ޓީޝާޓު އަދި ސްކާފް ފަދަ ތަކެތި ޔޫތު ފޯ ޔުނިޓީގެ ފަރާތުން ވަނީ ވިއްކަން ފަށާފައެވެ. އަދި މިއަދު ހަވީރު ވެސް ރާޅުގަނޑު ސަރަހައްދުން މިތަކެތި ލިބެން ހުންނާނޭ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
އިތުރު ލިޔުންތައް

ފަލަސްތީނުގެ ވޯލްޑް ކަޕް ޑްރީމް: ހަނގުރާމައިގެ ތެރޭގައި އުއްމީދުގެ އަލިކަމެއް
8 މަސް ކުރިން
އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ މަސައްކަތް މަޖިލީހުގެ އަންނަ ދައުރުގައި ފަށާނެ : ހީނާ
8 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ އިތުރު 24 މީހުން ޝަހީދުކޮށްލައިފި
8 މަސް ކުރިން