logo
Bank of Maldives

Bank of Maldives

ޚަބަރު

ސައީދުގެ ވަރުގަދަ ރައްދެއް ޖަމީލަށް: މައިކު އަތުޖެހުމުން އުޅެނީ ދުނިޔެ ރަންވެގެން

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޭޕްރީލު 2025 - 14:29
ސައީދުގެ ވަރުގަދަ ރައްދެއް ޖަމީލަށް: މައިކު އަތުޖެހުމުން އުޅެނީ ދުނިޔެ ރަންވެގެން

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހްމަދު، ކުރީގެ ރައީސް ޔާމީންގެ ކޮޓަރި ޖަލްސާގައި ދެއްކެވި ވާހަކައަކަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދޫ ހޫނު ރައްދެއް ދެއްވައިފިއެވެ.

ޔާމީންގެ ގޭކޮޅުގެ ކޮޓަރިއެއްގައި ސިލްސިލާކޮށް ބާއްވާ ކުޑަ އެއްވުން ތަކުގެ ތެރެއިން ރޭގެ އެއްވުމުގައި ޖަމީލް ވަނީ އޭނާ އަކީ ކަލެއްކަމަށް ދައުވާކުރާ މޭރުމަކުން ހޭބުއްދި ފިލާފައި ތިބޭ މީހުން ދައްކާ ބާވަތުގެ އިންސާނީ ކަރާމަތާގުޅޭ ވާހަކަތަކެއް ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، 2007 ވަނަ އަހަރު ބޭއްވި ނިޒާމީ ބަހުސްގައިވެސް ހަމަ މި ވީޑިއޯއިން މި ފެންނަ ބޭފުޅާ (ޖަމީލު) ރުންކުރުވެ، އެތާތިބި ރައްޔިތުންނަށް ނާގާބިލަށް ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔަ ކަމަށެވެ.

"އޭގެ 17 އަހަރު ފަހުންވެސް މި ފެންނަނީ ހަމަ އެ މަންޒަރު. މައިކު އަތުޖެހުމުން 'ދުނިޔެ ރަންވެ' ހޭބުއްދި ލުހި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް މި އަރައިގަންނަނީ،" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ބޭފުޅުންގެ ބަސްމަގު ހުތުރުވެ، ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި މިފަދަ "ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރެއްވުމަށް" އެދިވަޑައިގެން ވަނީ ދުޢާ ކުރަށްވާފައެވެ.

 

 

ސައީދު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާކަމާއި، މަޑުމައިތިރިކަމާއި، ރީތި އަޚްލާޤާއި، އަނެކުންގެ ކަރާމާތް ހިފެހެއްޓެވުމާއި، ހީވާގިކަން ފަދަ ސިފަތަކަކީ މިފަދަ ބޭފުޅުންނާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެއް ކަމަށެވެ. އަދި ރައީސް މުޢިއްޒު ރެޔާދުވާލު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ހިންމަތާއެކު ކުރައްވާ ބުރަ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

"ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ. މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން،" ސައީދު ވިދާޅުވެފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސްގެ ބައްދަލުވުމާއެކު ދެ ގައުމުގެ ކުރިއެރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެން ދިޔަ: ސައީދުޚަބަރު | 16 ދުވަސް ކުރިން އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް އާ ޕްރައިޒް އިންޑެކްސްއެއް ތައާރަފް ކުރަނީޚަބަރު | މަހެއް ކުރިންހުރިހާކަމެއް ހަމަޖެހިފައި ހުރެމެ އާ ޓާމިނަލް އެމްޑީޕީ ސަރުކާރަށް ނިންމާނުލެވުނީ އިހްލާސްތެރިކަމެއްނެތުމުން: ސައީދުޚަބަރު | މަހެއް ކުރިންހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއްޚަބަރު | 2 މަސް ކުރިން