logo
ކުޅިވަރު

އެތްލެޓިކްސް ދެ ރެކޯޑެއް ނާއިކް އާކޮށްފި

އަބްދުﷲ ޣާނިމް
19 އޭޕްރީލު 2025 - 06:54
ނާއިކް ވަނީ ހައިޖަމްޕް ދެރެކޯޑެއް އައުކޮށްފައި. ފޮޓޯ: ޕީއެސްއެމް
ނާއިކް ވަނީ ހައިޖަމްޕް ދެރެކޯޑެއް އައުކޮށްފައި. ފޮޓޯ: ޕީއެސްއެމް

ސައުދީ އަރަބިއްޔާގެ ދައްމާމްގައި މިދިޔަ 15 އިން 18 އަށް ބޭއްވުނު 6 ވަނަ އޭޝިއާ 18 އަހަރުން ދަށުގެ އެތްލެޓިކްސް މުބާރާތުގައި ދިވެހި އެތްލީޓް ޔޫސުފް ނާއިކް ވަޖީހު ވަނީ ދެ ގައުމީ ރެކޯޑެއް އާކޮށްފައެވެ.

ނާއިކް އާކޮށްފައިވަނީ ހައި ޖަމްޕުގެ 18 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ ގައުމީ ރެކޯޑެވެ. މި މުބާރާތުގައި ނާއިކް ވަނީ 1.84 މީޓަރަށް ފުންމައިގެން އައު ރެކޯޑެއް ހަދާފައެވެ. މި ދެ ރެކޯޑުވެސް ކުރިން އޮތީ ނާއިކްގެ އަތުގައެވެ. އޭނާ 20 އަހަރުން ދަށުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު ސައުދީގައި ބޭއްވި ދައްމާމް ޓްރަޔަލްސްގައި 1.80 މީޓަރަށް ފުންމައިގެންނެވެ.

Hajj Corpooration

މި މުބާރާތުގައި ރާއްޖެއިން ވަނީ ގިނަ އެތްލީޓުން ބައިވެރިކޮށްފައެވެ. އަންހެން ކެޓަގަރީގައި އައިމިނަތް ލުހްޔާ އަހުމަދު 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ވާދަކުރިއެވެ. އަދި ޒީކް އަޝްރަފް ރަޝީދު 800 މީޓަރާއި 1500 މީޓަރު ދުވުމުގައި ވާދަކުރިއިރު، ރައިން މުހައްމަދު ވަނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގައި ވާދަކޮށްފައެވެ. ފިރިހެން ކެޓަގަރީގައި ރާއްޖެ ތަމްސީލުކުރީ އަހުނަފް ރައްޔާން ފަހުމީ އާއި ޔޫސުފް ނާއިކް ވަޖީހު އެވެ.

ޖުމްލަ 24 ގައުމަކުން ބައިވެރިވި މި މުބާރާތަކީ އޭޝިއާގެ ޒުވާން އެތްލީޓުންނަށް ވަރަށް މުހިންމު މުބާރާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ނާއިކް މި މުބާރާތުގައި ހޯދި ކާމިޔާބީއަކީ ދިވެހި އެތްލެޓިކްސްގެ ތާރީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

މި މުބާރާތުގައި ދިވެހި އެތްލީޓުން ދެއްކި ފެންވަރާމެދު ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަނުން ހިތްހަމަޖެހޭ ކަމަށް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 2 ދުވަސް ކުރިންކުޅުދުއްފުށި ސިޓީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކާމާއެކު ނިންމާލައިފިކުޅިވަރު | 2 މަސް ކުރިންއިބާދުﷲ އާއި ޒިވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިގައި ރަނގަޅު ޕާފޯމެންސް އެއް ދައްކައިފިކުޅިވަރު | 3 މަސް ކުރިންސްރީލަންކާގެ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި އެއްވަނަ ރާއްޖެއަށްކުޅިވަރު | 3 މަސް ކުރިން