logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސްރީލަންކާގެ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި އެއްވަނަ ރާއްޖެއަށް

އަބްދުﷲ ޣާނިމް
27 މޭ 2025 - 06:23
ރާއްޖޭގެ އެތްލީޓް އަލީ ޝަރީޕް 100މ ދުވުމުން ގޯލްޑް މެޑަލް ހާސިލް ކޮށްފައި. ފޮޓޯ:: އެތްލެޓިކްސް އެސޯސިއޭޝަން
ރާއްޖޭގެ އެތްލީޓް އަލީ ޝަރީޕް 100މ ދުވުމުން ގޯލްޑް މެޑަލް ހާސިލް ކޮށްފައި. ފޮޓޯ:: އެތްލެޓިކްސް އެސޯސިއޭޝަން

ސްރީލަންކާގައި މި މަހުގެ 24 އިން 25 އަށް ބޭއްވުނު 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި އެއްވަނަ ދިވެހިރާއްޖެއިން ހޯދައިފިއެވެ. ކޮލޮމްބޯގެ ސުގަތަދަސާ ސްޓޭޑިއަމްގައި ބޭއްވުނު މި މުބާރާތުގައި ފަސް ގައުމަކުން 700 އެތުލީޓުން ވާދަކުރިއެވެ.

މުޅި ޓީމުގެ ޕާފޯމަންސްއަށް ބެލުމަށްފަހު އެންމެ މަތިން ޕޮއިންޓު ހޯދައިގެން ރާއްޖޭގެ ޓީމަށް މި ފަޚުރުވެރި ވަނަ ލިބިފައިވާއިރު، ރާއްޖޭގެ މާސްޓަރސް އެތުލެޓިކްސް ކުލަބުގެ 6 އެތުލީޓުން ރާއްޖެ ޖެ ތަމްސީލުކޮށް އެކި އިވެންޓުތަކުން މެޑަލްތައް ހޯދާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގައި އަލީ ޝަރީފް 100 މީޓަރު ހީޓުން ރަން މެޑަލް ހޯދައިފައިވާއިރު، ނާފިޒާ އަހުމަދު 1500 މީޓަރު ހީޓުން ރަން މެޑަލާއި 300 މީޓަރު ހާރޑްލްސްއިން ބްރޯންޒް މެޑަލް ހޯދިއެވެ. އަދި މުހައްމަދު އާމިރު 200 މީޓަރު ހީޓުން ރިހި މެޑަލް ހޯދާފައިވެއެވެ.

މި ފަޚުރުވެރި ކާމިޔާބީތަކާއެކު ރާއްޖޭގެ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ރާއްޖެ އެނބުރި އަންނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މި ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މަޢުލޫމާތު ދީފައިވެއެވެ.

މި ކާމިޔާބީއަކީ ރާއްޖޭގެ އެތުލެޓިކްސް ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، މިއިން ޒުވާން އެތުލީޓުންނަށް ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ކުޅިވަރު މިނިސްޓްރީން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިރިހެނެއްކަން އެނގުމާއެކު، ދުނިޔޭގެ އެންމެ ވަރުގަދަ އަންހެނާގެ މަގާމު ހޯދި އެތުލީޓްގެ މެޑަލް އަތުލައިފިކުޅިވަރު | 19 ގަޑިއިރު ކުރިންގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 3 މަސް ކުރިންކުޅުދުއްފުށި ސިޓީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކާމާއެކު ނިންމާލައިފިކުޅިވަރު | 5 މަސް ކުރިންއިބާދުﷲ އާއި ޒިވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިގައި ރަނގަޅު ޕާފޯމެންސް އެއް ދައްކައިފިކުޅިވަރު | 6 މަސް ކުރިން