logo
ކުޅިވަރު

ފަހުވަގުތު ޖެހި ދެގޯލާއެކު ސިޓީ ތާވަލުގެ ހަތަރުވަނައަށް

އަބްދުﷲ ޣާނިމް
20 އޭޕްރީލު 2025 - 03:14
މެޗަށްފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: މެންސިޓީ
މެޗަށްފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: މެންސިޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގެ ފަހު ވަގުތުގައި ސިޓީން ޖެހި ދެ ލަނޑާއެކު 2-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ. މި ކާމިޔާބީއާއެކު ސިޓީ ވަނީ ލީގުގެ ތާވަލުގެ ހަތަރުވަނަ މަގާމަށް އަރާފައެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު މެންޗެސްޓަރ ސިޓީ އަށް ވަނީ ލީގުގައި މިޙާތަނަށް ކުޅުނު 33 މެޗުން 58 ޕޮއިންޓް ހޯދާފައެވެ. އެވަޓަން އަށް ލިބިފައިވާ 38 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގައެވެ. މި ނަތީޖާއާއެކު އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމުގެ ފުރުސަތު ސިޓީއަށް ވަނީ އިތުރަށް ފަހިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ސިޓީން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ގިނަ ހަމަލަތަކެއް އުފައްދާފައެވެ. އެގޮތުން ކެވިން ޑެބްރޫނިއާ ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ޖޭކް އޮބްރިއޭން ވަނީ ހުއްޓުވާލާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް މެންޗެސްޓަރ ސިޓީއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ނިކޯ އޮރެއިލީ އެވެ. އަދި އިތުރު ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި މަޓިއޯ ކޮވަސީޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 ދުވަސް ކުރިންސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 3 ދުވަސް ކުރިންކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 3 ދުވަސް ކުރިންވީއޭއާރުގެ މަދަދާއެކު ޗެލްސީ ކުރިޔަށް، ގަރނަޗޯ ބްރިޖްގައި ހެވިފައިކުޅިވަރު | 4 ދުވަސް ކުރިން