logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ހާލަންޑުގެ ދެގޯލާއެކު ސިޓީ ޕްރިމިއާ ލީގުގެ ދެވަނައަށް އަރައިފި

އަބްދުﷲ ޣާނިމް
3 ނޮވެމްބަރު 2025 - 03:00
ހާލަންޑުގެ ދެގޯލާއެކު ސިޓީ ޕްރިމިއާ ލީގުގެ ދެވަނައަށް އަރައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީން ބޯންމައުތް 3-1 ލަނޑުން ބަލިކޮށް ލީގުގެ ތާވަލުގެ ދެވަނައަށް އަރައިފިއެވެ. ސިޓީއަށް މި މޮޅު ހޯދައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑްއެވެ. އޭނާ ވަނީ މި މެޗުގައި ދެ ގޯލު ޖަހާފައެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ރަޔާން ޗެރްކީ ދިން ހިލޭ ޖެހުމަކުން ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، މެޗުގެ 25 ވަނަ މިނެޓުގައި ޓައިލަރ އެޑަމްސް ވަނީ ބޯންމައުތަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ގޯލު ޖެހީ އެލެކްސް ސްކޮޓް ނަގައިދިން ކޯނަރެއް ގިއާންލުއިޖީ ޑޮނަރޫމާ އަތުން މިސްވެގެން ދިޔުމުން، ހުސްކޮށް އޮތް ގޯލަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، އަށް މިނެޓް ފަހުން ސިޓީން އަނެއްކާވެސް ލީޑު ނެގިއެވެ. މި ގޯލުވެސް ޖެހީ ހާލަންޑްއެވެ. ޗެރްކީ ދިން ބޯޅައަކުން ހާލަންޑް ވަނީ ބޯންމައުތުގެ ގޯލްކީޕަރު ޕެޓްރޮވިޗް ކަޓުވާލުމަށްފަހު ފަސޭހަކަމާއެކު ގޯލު ޖަހާފައެވެ. ބޯންމައުތުގެ އުންމީދުތައް ނިމުމަކަށް ގެނައީ މެޗުގެ 60 ވަނަ މިނެޓުގައި އޮރެއިލީ ޖެހި ގޯލުންނެވެ. ފިލް ފޯޑެން ދިން ޕާހަކުން އޭނާ ވަނީ ގޯލުގެ އަރިމަތިން ބޯޅަ ވައްދާލާފައެވެ. މި މެޗުގައި އަނިޔާއިން ރަނގަޅުވެ ރޮޑްރީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. މި މޮޅާއެކު ސިޓީ ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ހަ ޕޮއިންޓް ކައިރިޔަށް ޖެހިލާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑުގެ ދެގޯލާއެކު ސިޓީ ޕްރިމިއާ ލީގުގެ ދެވަނައަށް އަރައިފިކުޅިވަރު | 7 ގަޑިއިރު ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންސިޓީގެ އަމިއްލަ ދަނޑުގައި ހަމަބިމަށް ތިރިކޮށް ގުއާޑިއޯލާގެ ސުޕަ ސްކޮޑް ލަދުގަންނަވާލައިފިކުޅިވަރު | 2 މަސް ކުރިންޓްރަފޯޑް އެނބުރި ސިޓީއަށް އައުމާއެކު ތާރީޚުގައި ދެބިލިޔަން ޑޮލަރު ޚަރަދުކުރި ފުރަތަމަ ކޯޗަކަށް ގުއާޑިއޯލާ ވެއްޖެކުޅިވަރު | 3 މަސް ކުރިން