logo
E-Platinum
ކުޅިވަރު

އެމްބާއްޕޭ އަށް އަނިޔާވެ ކޮޕަޑެލްރޭ ފައިނަލް ގެއްލިދާނެކަމުގެ ބިރު

އަބްދުﷲ ޣާނިމް
20 އޭޕްރީލު 2025 - 03:32
އެމްބާއްޕޭ ވަނީ އެންމެ ފަހުން ޗެންޕިއަންސް ލީގުގައި އާރސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެފައި.
އެމްބާއްޕޭ ވަނީ އެންމެ ފަހުން ޗެންޕިއަންސް ލީގުގައި އާރސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެފައި.

ރިއަލް މެޑްރިޑްގެ ފޯވަޑް ކައިލިއަން އެމްބާޕޭގެ ކަނާތު ތަނބިކަށްޓަށް ލިބުނު އަނިޔާއިން އަދިވެސް ރަނގަޅުވެފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ. މި އަނިޔާ އޭނާއަށް ލިބުނީ ޗެމްޕިއަންސް ލީގުގެ ކުއަޓަރ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އެމްބާޕޭގެ ތަނބިކަށީގައި ދުޅަ އަދިވެސް ހުރުމާއެކު، އޭނާއަށް ޓީމާއެކު ތަމްރީނު ކުރެވޭ ހާލަތުގައި ނެތެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ޓީމާ ގުޅޭނެ ކަމަށް ބެލެވެއެވެ.

މެޑިކަލް ރިޕޯޓްތަކުން ދައްކާ ގޮތުގައި އަނިޔާގެ ބޮޑުމިން ކުޑަކަމަށްވާތީ، ކްލަބުން އުންމީދުކުރަނީ އޭނާ އަވަހަށް ރަނގަޅުވާނެ ކަމަށެވެ. މިވަގުތު އެންމެ އިސްކަމެއް ދެވެނީ މި މަހުގެ 26 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ ކޯޕާ ޑެލް ރޭ ފައިނަލަށް އޭނާ ރަނގަޅުކުރުމަށެވެ.

އެތްލެޓިކް ކްލަބާ ދެކޮޅަށް ކުޅޭ ލަ ލީގާ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެއެވެ. އެއީ އަނިޔާގެ ސަބަބުންނާއި، ކުރިން ކުޅުނު މެޗެއްގައި ރަތް ކާޑު ދެއްކުމާ ގުޅިގެން ސަސްޕެންޑް ކުރެވިފައިވާތީއެވެ. އަދި ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އޭނާއަށް ކުޅެވޭނެކަން އަދި ކަށަވަރެއް ނޫނެވެ.

މިވަގުތު އެމްބާޕޭ ވަލްޑެބެބާސްގައި އަމިއްލަ ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި މަސައްކަތްކުރަމުންދެއެވެ. ކްލަބުން އޭނާގެ އަނިޔާއާމެދު ވަރަށް ފަރުވާތެރިވަމުންދަނީ، ލަ ކަރްޓުޖާގައި ބޭއްވޭ ކޯޕާ ޑެލް ރޭ ފައިނަލްގައި އޭނާއަށް ބައިވެރިވެވޭތޯ ބެލުމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލްގެ 10 ނަންބަރު ޖޯޒީ އެމްބާއްޕެއަށް ދީފައިވާކަން ކަށަވަރުކޮށްދީފިކުޅިވަރު | 4 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ޓްރާންސްފަރ ބުލީގެ ޝިކާރައަކަށްވެފައިވާ ލިވަޕޫލުން ބަދަލުހިފަން ނިކުންނަނީކުޅިވަރު | 7 ދުވަސް ކުރިންކޯޓުއާ މެޑްރިޑްގެ ކޮންޓްރެކްޓް އައުކުރުމަށް އެއްބަސްވެއްޖެ ކުޅިވަރު | 9 ދުވަސް ކުރިންވިނީސިއުސްގެ ސޮއި ހޯދުމަށް ސަޢުދީއިން 350 މިލިޔަން ޑޮލަރާއެކު 1 ބިލިޔަން ޑޮލަރުގެ މުސާރައެއްކުޅިވަރު | 10 ދުވަސް ކުރިން