ޑްރަގް މައްސަލައެއްގައި 2 މީހުން އަތުލައިގެންފި


20 އޭޕްރީލު 2025 - 07:39
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ހ. ހަންޏާމީދޫގެ، އުމުރުން 20 އަހަރުގެ ޝައިހާން އިސްމާއީލް ސައުރުއާއި، ހ. ކަހަފަތި، އުމުރުން 43 އަހަރުގެ މުޙައްމަދު އަޙްމަދުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މިމަހުގެ 17 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 749.36 ގްރާމެވެ.
އިތުރު ލިޔުންތައް

ވައިގެ މަގުން ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް ފަސް ދުވަސް
8 މަސް ކުރިން
ރަހީނުކޮށް ކުޑަވާ އިނގިލި ބުރިކޮށްލި މައްސަލައިގައި ސިފައިންގެ ދެމީހުން ހިމެނޭ - ޕޮލިސް
8 މަސް ކުރިން
މެލޭޝިއާއިން ރާއްޖެއަށް ޑްރަގް ގެެނެސް، އިނގިރޭސިވިލާތަށް ބޭރުކުރަން އުޅުނު މައްސަލައެއް
8 މަސް ކުރިން