logoEN
ޚަބަރު

ކުރީގެ ކޮރަޕްޝަންގެ މައްސަލައެއްގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާ ބަލާ ފާސް ކުރަނީ

އާމިނަތު ސަފާއާމިނަތު ސަފާ

20 އޭޕްރީލު 2025 - 09:38

ކުރީގެ ކޮރަޕްޝަނުގެ މައްސަލައެއްގައި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާ ބަލާ ފާސް ކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފަށައިފިއެވެ.

މިކަން ވުޒާރާގެ އޮފިޝަލަކު މެންދުރަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލު އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ.

އޭސީސީން ވުޒާރާއަށް ވަދެ ބަލަމުން ދަނީ 2018 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައިކަމަށް އޮފިޝަލް މައުލޫމާތުދެއެވެ.

އެނގިފައިވާ ގޮތުން މިއަދު މެންދުރު 12 އިން ފެށިގެން ފުލުހުންނާއި އޭސީސީގެ އޮފިޝަލުން އަންނަނީ ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

871x217_placeholder