logoEN
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތައް ރަނގަޅުކުރަނީ

ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ފުރާޅަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަމުގެ ތެރެއިން -- ފޮޓޯ: އަޙްމަދު މުބީން

ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ފުރާޅަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަމުގެ ތެރެއިން -- ފޮޓޯ: އަޙްމަދު މުބީން

ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ފުރާޅަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފަރެސްމާތޮޑާގައި އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތަކުގެ މަސައްކަތް ނުނިންމާ އަނެއްކާވެސް އައު ވައުދުތަކެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އޭރު ވެވަޑައިގެންފައިވާއިރު ފަރެސްމާތޮޑާ އެއާޕޯޓްވެސް ހުޅުވާފައިވަނީ ރަނގަޅަށް މަސައްކަތްތައް ނުނިންމައެވެ.

އައު ސަުރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ނުނިމި ހުރި މަސައްކަތްތަކާއި އަދި އަލުން މަރާމާތުކުރަން ހުރި މަސައްކަތްތައްވެސް ކުރަމުން އަންނައިރު އޭގެ ތެރެއިން އެއް މަސައްކަތަކީ ފަރެސްމާތޮޑާ އެއާޕޯޓް މަރާމާތު ކުރުމުގެ މަސައްކަތެވެ.

މިކަމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯތަކުގައި ވަނީ ފަރެސްމާތޮޑާ އެއާޕޯޓްގެ ފުރާޅުގައި ޖަހާފައިވާ ސިންތެޓިކް މެޓީރިއަލް ހަލާކުވެ، ފުރާޅުގެ ފެންހޮޅިތައް ބެދޭތީ ފުރާޅުގައި ޖަހާފައިވާ ސިންތެޓިކް މެޓީރިއަލްތައް ނެއްޓުމުގެ މަސައްކަތް ކުރިއަށްދާގޮތް ހިއްސާކުރައްވާފައެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

undefined

މި އެއާޕޯޓަކީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއާޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީކޮށްފައިވަނީ ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު އެވެ.

އަހަރު ދުވަސް ނުވެ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތް ކުރަން ޖެހިފައިވާތީ މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމްޑީޕީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

871x217_placeholder