logoEN
ޚަބަރު

ސަރުކާރުގެ އެކި މައުލޫމާތު ލިބޭ ގޮތަށް، ރައީސްގެ ވަޓްސްއެޕް ޗެނަލްއެއް އާންމުކޮށް ހުޅުވާލައިފި

ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ރައީސް އޮފީސް

ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ރައީސް އޮފީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

20 އޭޕްރީލު 2025 - 13:50

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޤްރީރުތަކާއި ވާހަކަފުޅުތަކުގެ އިތުރުން، ސަރުކާރުގެ އެކި ކަންކަމުގެ މައުލޫމާތު ލިބޭ ރައީސްގެ ރަސްމީ ވަޓްސްއެޕް ޗެނަލްއެއް ޢާންމުކޮށް ހުޅުވާލައިފިއެވެ.

ޢާންމުންނަށް މައުލޫމާތު ލިބޭނެ ފަދަ ރަސްމީ ވަޓްސްއެޕް ޗެނަލްއެއް ހުޅުވިކަން އިއުލާންކުރެއްވީ ރައީސް މުޢިއްޒު، މިއަދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެ ޕޯސްޓުގައި ރައީސް ވަނީ، އެކި މައުލޫމާތުތައް ލިބޭނެ އެ ޗެނަލްއަށް ވަނުމަށް ހުރިހާ ފަރާތްތަކަށް ދަޢުވަތު އަަރުވާފައެވެ.

View post on Twitter

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ވަޓްސްއެޕް ޗެނަލްއެއް، މިފަދައިން ހުޅުވި ފުރަތަމަ ފަހަރެވެ. މި ޗެނަލުން އާންމުންނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، މި ޗެނަލުގެ އިތުރުން ވެސް އާންމުންގެ ސުވާލުތައް ހުށަހެޅުމުގެ ފުރުސަތާއި އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން، ސަރުކާރުގެ އެކި މަސައްކަތްތަކުގެ މައުލޫމާތު އެކި މަންސަތަކުގެ ޒަރިއްޔާއިން ސަރުކާރުން ދަނީ ދެމުންނެވެ.

އެގޮތުން ރައީސް މުޢިއްްޒުއާ ސީދާ ގޮތުން ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ދިން "ރައީސްގެ ޖަވާބު" ގެ އިތުރުން، މި ފަހުން އެމަނިކުފާނުގެ ޚާއްސަ ޕޮޑްކާސްޓެއްގެ ގޮތުގައި ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓަކީ ފާހަގަކޮށްލެވޭ ދެ ޕްލެޓްފޯމެކެވެ. މީގެ އިތުރުން ވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ކެބިނެޓު ވަޒީރުންނަށް ސީދާ ސުވާލުކުރުމަށް "އަހާ" ފޯރަމްގެ ނަމުގައި ފޯރަމެއް ވެސް ދަނީ ބާއްވަމުންނެވެ.

ކޮމެންޓް

871x217_placeholder