ލިވަރޕޫލުން ލީގު ކާމިޔާބުކުރުމާއި ފިޔަވަޅާކާއި ގާތަށް

މެޗުގައި ގޯލުޖެހުމަށްފަހު ޓްރެންޓް އުފާ ފާޅުކުރަނީ. ފޮޓޯ: ލިވަރޕޫލް

21 އޭޕްރީލު 2025 - 03:42
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭގައި ކުޅުނު މެޗުގައި ލެސްޓަރ ސިޓީ 1-0 އިން ބަލިކޮށް، ލިވަޕޫލް ވަނީ މި ސީޒަންގެ ލީގު ޗެމްޕިއަންކަން ހޯދުމާ ވަރަށް ކައިރިވެފައެވެ. މި މޮޅާއެކު، ލިވަޕޫލް ވަނީ 33 މެޗުން 79 ޕޮއިންޓް ހޯދައި، ބާކީ އޮތް ފަސް މެޗުގެ ތެރެއިން އެންމެ މެޗެއް ކާމިޔާބުކުރުމުން ޗެމްޕިއަންކަން ކަށަވަރުވާ ހިސާބަށް ގޮސްފައެވެ.
ލެސްޓަރގެ ކިންގޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ކާމިޔާބީގެ ހީރޯއަކަށްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެވެ. އޭނާ ވަނީ މެޗުގެ 76 ވަނަ މިނެޓުގައި މެޗުގެ ހަމައެކަނި ލަނޑު ޖަހާފައެވެ.
މި ވަގުތު ދެވަނައިގައި އުޅޭ އާސެނަލަށް 66 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުގެ ފަހަތުން ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.
މި މެޗުން ބަލިވުމާއެކު ލެސްޓަރ ސިޓީ ވަނީ ރެލިގޭޓްވެފައެވެ. އެއީ ބާކީ އޮތް ފަސް މެޗުން ހުރިހާ މެޗެއް ކާމިޔާބުކުރިކަމުގައި ވިޔަސް 17 ވަނައިގައި އުޅޭ ވެސްޓް ހޭމް ޔުނައިޓެޑަށް ވުރެ ކުރިއަށް ދެވެން ނެތުމުންނެވެ. މިވަގުތު ފުލުން ދެވަނައިގައި އޮތް ލެސްޓަރ އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ.
ލިވަޕޫލަށް ދެން އޮތީ އަންނަ ހަފްތާ ބަންދުގައި އަމިއްލަ ދަނޑު އެންފީލްޑްގައި ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ކާމިޔާބުކޮށްފިނަމަ ލިވަޕޫލަށް މި ސީޒަންގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
8 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
7 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
7 މަސް ކުރިން