logoEN
ކުޅިވަރު

ފަހުވަގުތު ވަލްވާޑޭގެ ގޯލާއެކު ރެއާލްގެ އަޑިއަޅާލާފައިވާ ސީޒަން ނޭވާހޮޅިން ސަލާމަތް ކޮށްދީފި

ރޭގެ މެޗުގައި ވަލްވާޑޭ ގޯލު ޖަހަނީ. ފޮޓޯ: ރެއާލް މެޑްރިޑް

ރޭގެ މެޗުގައި ވަލްވާޑޭ ގޯލު ޖަހަނީ. ފޮޓޯ: ރެއާލް މެޑްރިޑް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

21 އޭޕްރީލު 2025 - 04:09

ރިއަލް މެޑްރިޑްގެ ފެޑެރިކޯ ވަލްވާޑޭ މެޗުގެ ފަހުވަގުތުގައި ޖެހި ގޯލަކުން އެތްލެޓިކް ބިލްބާއޯ އާ ދެކޮޅަށް ކުޅުނު މެޗް 1-0 އިން ކާމިޔާބުކޮށް، ލަ ލީގާގެ ޓައިޓަލް ހޯދުމުގެ އުއްމީދު ދިރުވައިލައިފި އެވެ. ރެއާޅް ވަނީ މިސީޒަނުގެ ޗެންޕިއަނަސް ލީގުން ކަޓައި، ސްޕެނިޝް ސުޕަކަޕުން ބަލިވެ. ލީގު ގެއްލުމާއި ގާތުގައެވެ. އެހެންކަމުން ރޭގައި ލިބުނު ތިން ޕޮއިންޓަކީ އެޓީމަށް ލީގުގައި އިތުރަށް ކުރިޔަށް ދިޔުމަށް މުހިންމު މޮޅެކެވެ.

ރޭގެ މޮޅާއެކު އެޓީމު ވަނީ ބާސެލޯނާއާއި 4 ޕޮއިންޓާއި ކައިރިޔަށް ޖެހިލާފައެވެ. ދެ ޓީމަށްވެސް ސީޒަން ނިމުމަށް އަދި ބާކީ އޮތީ 6 މެޗެވެ. ޗެމްޕިއަންސް ލީގުން ވަކިވުމަށް ފަހު ކުޅުނު މި މެޗުގައި ސަސްޕެންޝަނެއްގައި ހުރި ކިލިއަން އެމްބާޕޭ ނެތަސް ކުޅުންތެރިން ވަނީ އެތަން ފޫބައްދައި އެތްލެޓިކް ކުލަބުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗުގެ ފެށިގެން 90 މިނެޓާއި ހަމައަށް ރެއާލް އިން މެޗި ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ބިލްބާއޯގެ ފަރާތުން ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ވިނީސިއަސް ޖެހި ގޯލެއް ވީއޭއާރުންބަލައި އޮފްސައިޑްކަމަށް ނިންމައި ބާތިލްކުރި އެވެ. އެއީ އެންޑްރިކް އޮފްސައިޑްގައި ހުރުމުން ނެވެ.

ލީގުގައި ރެއާލް މެޑްރިޑް ބާސާއާއި ދެކޮޅަށް އަންނަ މަހުގެ 11 ވަނަ ދުވަހު ނިކުންނައިރު، މިމަހު 27 ވަނަ ދުވަހު ބާސެލޯނާއާއި ދެކޮޅަށް ކޮޕަޑެލްރޭ ފައިނަލް ކުޅޭނެއެވެ.

ކޮމެންޓް

871x217_placeholder