logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓޮޓްނަމް ބަލިކޮށް ފޮރެސްޓް ތާވަލުގެ ތިންވަނައަށް

އަބްދުﷲ ޣާނިމް
22 އޭޕްރީލު 2025 - 06:33
ޓޮޓްނަމް ބަލިކޮށް ފޮރެސްޓް ތާވަލުގެ ތިންވަނައަށް

އިނގިޜޭސި ޕްރީމިއަރ ލީގުގައި ޓޮޓެންހަމް ހޮޓްސްޕަރ ނޮޓިންގްހަމް ފޮރެސްޓް ޓޮޓެންހަމް 2-1 އިން ބަލިކޮށް ޕްރިމިއަރ ލީގުގެ 3 ވަނަ ހޯދައިފިއެވެ.

މި މެޗުގައި ފޮރެސްޓްގެ ލަނޑުތައް ޖެހީ އެލިއަޓް އެންޑަރސަން އަދި ކްރިސް ވުޑްއެވެ.

މެޗުގެ 5 ވަނަ މިނެޓްގައި އެންޑަރސަން ޖެހި ލަނޑުން ފޮރެސްޓް ލީޑު ހޯދާފައިވާއިރު، މެޗުގެ ނަތީޖާ ނެރެދިން ލަނޑުޖެހީ 16 ވަނަ މިނެޓްގައި ވުޑެވެ. މިއީ މި ސީޒަންގައި ވުޑް ޕްރިމިއަރ ލީގުގައި ޖެހި 19 ވަނަ ލަނޑެވެ.

މެޗުގެ ގިނަ ވަގުތު ކޮންޓްރޯލް ކުރީ ޓޮޓެންހަމްއިން ނަމަވެސް ފޮރެސްޓްއިންވަނީ ޑިފެންސް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ޖެހީ މެޗު ނިމުމުގެ 3 މިނެޓް ކުރިން ރިޗަރލިސަންއެވެ.

މިއީ 1996ވަނަ ސީޒަނުން ފެށިގެން ފޮރެސްޓް ޓޮޓެންހަމްއާ ދެކޮޅަށް ލީގުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ފޮރެސްޓް ވަނީ މި ސީޒަންގައި ލީގުގެ އެންމެ ގިނަ މެޗު - 24 މެޗު ގައި ފުރަތަމަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޮޓްނަމް ބަލިކޮށް ފޮރެސްޓް ތާވަލުގެ ތިންވަނައަށްކުޅިވަރު | 5 މަސް ކުރިން55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެކުޅިވަރު | އަހަރެއް ކުރިން