logoEN
ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ބުދައިރު، ޕްރީ ސްކޫލް ދަރިވަރުންނާ ބައްދަލުކުރައްވައިފި

ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ޕްރީ ސްކޫލް ދަރިވަރަކާއެކު -- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ޕްރީ ސްކޫލް ދަރިވަރަކާއެކު -- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި މިއަދު ހެނދުނު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ވެގެންގޮސްފައިވަނީ ދަރިވަރުންނަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ގެނުވައިދިން ބައްދަލުކުރެއްވުމަކަށެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޑރ. ބުދައިރު ވަނީ ދަރިވަރުންނާއި ބައްދަލު ކުރެއްވުމުން އުފާކުރައްވާކަމަށާއި، ދަރިވަރުންނަށް ފާޤަތި މުސްތަޤުބަލަކަށް އެދޭކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައެއް ދަރިވަރުން ވަނީ ޤުރުއާން ކިޔެވުމުގެ ހުނަރު ދައްކާލާފައެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގަންނަވާ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ވުޒާރާގެ އިސްވެރިންނާއި ފަތުވާ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރައްވާފައިވެއެވެ.

ކޮމެންޓް

871x217_placeholder