logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަމީމަށް ހަމަލާދިން މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

އަޙްމަދު ޒަލީފް
22 އޭޕްރީލު 2025 - 14:26
ޝަމީމަށް ހަމަލާދިން މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާ ދިން މައްސަލައިގައި ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެއެވެ. އަދި ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެއެވެ. މައިސާންގެ މައްޗަށް ދައުވާކުރީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެއެވެ. 

ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށް ފަހު އެ ސަރަހައްދުން ގޮސްފައިވާ ކަމަށްބުނެއެވެ.

ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް ހަމަލާ ދީފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭނާއަށް ފާރަލަމުން ގޮސް މަރުތޭލަކުން ބޮލަށް ހަމަލާ ދޭން އުޅުނު ނަމަވެސް ހަމަލާ އަމާޒުވވީ ޝަމީމްގެ އަތަށެވެ. 

މި މައްސަލައިގައި ތުހުމަތުވާ ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދަޢުވާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގްގެ ބޮޑެއް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ ސަސްޕެންޑްކޮށްފިޚަބަރު | މަހެއް ކުރިންކިހާދުއްފަރު އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއްޚަބަރު | މަހެއް ކުރިންސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | މަހެއް ކުރިންސިނގިރޭޓް ބޮޑު ވައްކަމަށް އާއްޓޭއާއި ދިގަލި ފަންޑްކުރި ކަމުގެ ތުހުމަތުޚަބަރު | މަހެއް ކުރިން