ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ ވެންޓިލޭޓަރުން ނަގައިފި


22 އޭޕްރީލު 2025 - 17:29
މާލޭގެ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު 21 އަހަރުގެ ޒުވާނާގެ ހާލަތު ކުޑަކޮށް ރަނގަޅުވުމާ ގުޅިގެން، އޭނާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ވިލެލޭ ރޭގައެވެ.
ފުލުހުންގެ ކުރިން ބުނެފައިވާ ގޮތުގައި، ފުރާޅުން ވެއްޓިފައި އޮއްވާ ފެނުނު އަންހެން ޒުވާނާއަކީ 21 އަހަރުގެ ދިވެހި އަންހެނެކެވެ.
އައިޖީއެމްއެޗްގެ ފަރާތުން ދެއްވި މަޢުލޫމާތުގައި، ޒުވާނާގެ ހާލަތު ކުޑަކޮށް ރަނގަޅުވެފައިވާ ކަމަށާއި، އެހެންނަމަވެސް އޭނާގެ ހާލަތު އަދިވެސް ސީރިއަސް ކަމަށް ބުނެފައިވެއެވެ.
އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ދިވެހި ސިފައިންގެ އެހީތެރިކަމާއެކުގައެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިތުރު ލިޔުންތައް

ޒަޚަމްތަކަކާއެކު މާލޭގެ ގެސްޓު ހައުސް އިން ފެނުނު މީހާގެ ހާލު ސީރިއަސް
8 މަސް ކުރިން
ލޯންޗް އެކްސިޑެންޓް: ފަރުވާއަށްފަހު 2 މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި
7 މަސް ކުރިން
އައިޖީއެމްއެޗުގައި އައިވީއެފް ހަދަން ފަށަން ތައްޔާރު
7 މަސް ކުރިން