logo
ކުޅިވަރު

އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މާދަމާ ފަށަނީ

އަބްދުﷲ ޣާނިމް
23 އޭޕްރީލު 2025 - 07:34
އެތްލެޓިކްސް އެސޯސިއޭޝަންގެ ޗެންޕިއަންޝިޕް މާދަމާ ދެށޭނެ. ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން
އެތްލެޓިކްސް އެސޯސިއޭޝަންގެ ޗެންޕިއަންޝިޕް މާދަމާ ދެށޭނެ. ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި އަހަރު ބާއްވާ ފުރަތަމަ މުބާރާތް ކަމުގައިވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 250 އެތުލީޓުން ވާދަކުރާނެއެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ހެނދުނު 7:00 ގައި ފެށުމަށް ހަމަޖެހިފައިވާ އިވެންޓްތަކުގެ ތެރޭގައި 16 އަހަރުން މަތީގެ ފިރިހެނުންގެ 5000 މީޓަރު ދުވުމާއި، 16 އަހަރުން ދަށުގެ ފިރިހެނުންގެ ހައިޖަމްޕް ހިމެނެއެވެ. އަންހެނުންގެ ކެޓަގަރީތަކުން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 16 އަހަރުން ދަށުގެ ޝޯޓްޕުޓް އަދި 5000 މީޓަރު ދުވުމެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ އެތްލެޓިކްސް ބައިނަލްއަޤްވާމީ ދެ މުބާރާތެއްގައި ބައިވެރިވެފައެވެ. މި ގޮތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވަނީ ޗައިނާގެ ނަންޖިންގައި މި މަހު ބޭއްވުނު ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ. އަދި އޭޕްރީލް މަހު ސައުދީ އަރަބިއްޔާގައި ބޭއްވުނު 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 5 އެތުލީޓުން ވަނީ ބައިވެރިވެފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން މި އަހަރަށް 9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، މުބާރާތްތަކުގެ ފެންވަރު މަތިކުރުމަށް އަމާޒުހިފާފައިވާކަން ފާހަގަކުރެވެއެވެ. މާދަމާ ފެށޭ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ނިމުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މި މުބާރާތަކީ ރާއްޖޭގެ އެތުލެޓިކްސް ދާއިރާ ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ މުބާރާތެއް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ. އަދި މުބާރާތުގައި ވާދަކުރާ އެތުލީޓުންނަށް ބައިނަލްއަޤްވާމީ މުބާރާތްތަކަށް ހޮވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އެސޯސިއޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 2 ދުވަސް ކުރިންކުޅުދުއްފުށި ސިޓީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކާމާއެކު ނިންމާލައިފިކުޅިވަރު | 2 މަސް ކުރިންއިބާދުﷲ އާއި ޒިވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިގައި ރަނގަޅު ޕާފޯމެންސް އެއް ދައްކައިފިކުޅިވަރު | 3 މަސް ކުރިންސްރީލަންކާގެ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި އެއްވަނަ ރާއްޖެއަށްކުޅިވަރު | 3 މަސް ކުރިން