logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަމްއާން ފްރޭމް ނުކުރާކަން ހޯމް މިނިސްޓަރު ކަށަވަރުކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޭޕްރީލު 2025 - 11:43
ޝަމްއާން ފްރޭމް ނުކުރާކަން ހޯމް މިނިސްޓަރު ކަށަވަރުކޮށްދެއްވައިފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކޮށްފައިވަނީ ފްރޭމްކޮށްގެން ނޫން ކަމަށާއި، އަދި އޭނާއާ ދެކޮޅަށް ސާބިތު ހެކި ހުރެގެންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން މިހެން ވިދާޅުވެފައިވަނީ ޝަމްއާން ބަންދުކޮށްފައިވަނީ އިހުސާންއާ ދެމެދު އުފެދުނު ޒާތީ މައްސަލައަކާ ގުޅިގެން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު އިހުސާން ވިދާޅުވީ ޝަމްއާންއާއެކު މަސައްކަތްކުރި ދުވަސްވަރު ދެބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް، ކިތަންމެ ގާތް މީހަކަށް ވިޔަސް ގާނޫނާ ޚިލާފުވާ ހިސާބުން އެއްވެސް އިސްތިސްނާއެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ހާލަތެއްގައި "އެ މީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަވާ'' ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ''އެ މީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ'' ވެސް ނުބައްލަވާކަމަށް ވިދާޅުވިއެވެ.

''ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ. އެހެންވީމާ ގާނޫނު ތަންފީޒުކުރަމުންދާއިރު އެ މީހާ ހުރި މަގާމެއް އަޅުގަނޑުމެން ނުބަލާނަން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން، ކޮންމެ މަގާމެއްގައި ހުރި މީހަކަށް ވިޔަސް، ޖިނާއީ ތުހުމަތެއް ކުރެވޭ ހިސާބުން އެ މީހެއްގެ މައްސަލަ ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ޝަމްއާން ފްރޭމް ނުކުރާނެ ކަމުގެ ޔަގީންކަން އާއިލާއަށް ދެއްވައި، ގާނޫނުގެ ތެރެއިން އެ މީހަކަށް ލިބެންޖެހޭ ހުރިހާ ހައްގެއް އޭނާއަށްވެސް ލިބޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީޚަބަރު | 5 ދުވަސް ކުރިންރައްޔިތުންގެ މަޖިލީހުގެ ރައީސް ސަޢޫދީއަށް ފުރާވަޑައިގެންފިޚަބަރު | 14 ދުވަސް ކުރިންމަތީ ތައުލީމުގެ އިތުބާރު ހިފެހެއްޓުމަށް، މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިޚަބަރު | 15 ދުވަސް ކުރިންމަޖިލިސް ރައީސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފިޚަބަރު | 21 ދުވަސް ކުރިން