logo
ޚަބަރު

މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމަކީ އެންމެބޮޑު އަމާޒު - މިނިސްޓަރ

އަޙްމަދު ޒަލީފް
23 އޭޕްރީލު 2025 - 13:44
މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމަކީ އެންމެބޮޑު އަމާޒު - މިނިސްޓަރ

މިއަހަރުތެރޭގައި ފަތުރުވެރިކަމަށް އިތުރު 1290 އެނދު ނެރެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ވިދާޅުވީ މަސައްކަތް މަޑުޖެހިފައި ހުރި ތަންތަނުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފަތުރުވެރިކަމުގެ ވުޒާރާއިން ފޯރުކޮށްދެމުންދާ ކަމަށެވެ. 
ވަޒީރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ކްލޯސްޑް ބިޑިންގގެ ދަށުންނާއި ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމަށް ރަށްތައް ދޫކޮށްފައިވާކަމަށެވެ. 

"ކްލޯޒްޑް ބިޑިންގގެ ދަށުން ފަތުރުވެރިކަމަށް 10 ތަނެއް ވަނީ ހަވާލުކޮށްފައި، ކްރޮސް ސަބްސިޑީގެ ދަށުން 3 ތަނެއް ހަވާލުކޮށްފައިވާއިރު އޯޕަން ބިޑިންގެ ދަށުން 3 ތަނެއް ވަނީ ޢިއުލާންކޮށްފައި" ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމަށް މިދިޔަ އަހަރު އަލަށް 1،500އަށް ވުރެ ގިނަ އެނދު ނެރެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ ޖުމްލަ އަދަދު ހުރީ 61،650 ގައެވެ. އަދި މިހާރު މިއަދަދުވަނީ 63،248 އަށް އަރާފައެވެ. މިއީ 1،598 އެނދުގެ އިތުރުވުމެކެވެ.

މިހާރު ރާއްޖޭގައި ކުރިއަށްދާ ފަތުރުވެރިކަމުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ ތަފްސީލްތައް ހިއްސާކުރަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ 156 ތަނެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި އެކު 61 ތަނެއްގެ މަސައްކަތް މިހާރުވަނީ މަޑުޖެހިފައިކަމަށް ވަޒީރު ވިދާޅުވިއެވެ. 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.2 އިންސައްތަ އިތުރުވެއްޖެވިޔަފާރި | 24 ދުވަސް ކުރިންނުވަ ދުވަސްތެރޭ ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި ވިޔަފާރި | 2 މަސް ކުރިންޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 144،173 އަށް އަރައިފިޚަބަރު | 2 މަސް ކުރިންެމެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލަތު މިދަނީ ބަލަމުން - މިނިސްޓަރ ޚަބަރު | 2 މަސް ކުރިން