logoEN
ކުޅިވަރު

ގެޓާފޭ ބަލިކޮށް ރެއާލް މެޑްރިޑަށް މުހިންމު ތިން ޕޮއިންޓް

މެޗުގެ ގޯލް ސްކޯރަރ އާދަރ ގުލާ

މެޗުގެ ގޯލް ސްކޯރަރ އާދަރ ގުލާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

24 އޭޕްރީލު 2025 - 05:46

ސްޕެނިޝް ލަލީގާގައި ރޭ ގެޓާފޭ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ކުޑަކޮށްފިއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 21 ވަނަ މިނިޓުގައި ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިނީ އާދާ ގުލާ އެވެ.

މި ނަތީޖާއާއެކު ރެއާލް މެޑްރިޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން 72 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް 33 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. މި މެޗުން ބަލިވި ގެޓާފޭ އަށް ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި މިދިޔަ ހަފްތާގައި އާސެނަލް އަތުން ބަލިވެ މުބާރާތުން ކަޓާފައިވާތީ، ކޯޗު ކާލޯ އެންޗެލޮއްޓީ އަށް ވަނީ ޕްރެޝަރ ބޮޑުވެފައެވެ.

މި މެޗަށް ނިކުތްއިރު ކޯޗު އެންޗެލޮއްޓީ ވަނީ ރެއާލްގެ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކޮޕާ ޑެލްރޭ ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗަށް ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ޖޫޑް ބެލިންހަމް އަދި ރޮޑްރީގޯ އަށް ފުރުސަތު ދީފައިވަނީ ބެންޗުންނެވެ.

ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ 5 މެޗު އޮތްއިރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް ލީގުގައި ބައްދަލުކުރާ މެޗު އަންނަ މަހުގެ 11 ވަނަ ދުވަހުގައި ކުޅެވޭނެއެވެ.

ކޮމެންޓް

871x217_placeholder