logoEN
ޚަބަރު

ރައުދު ހައްޔަރުކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

24 އޭޕްރީލު 2025 - 14:49

މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހ. ފެންޓޯނީއާ ޖެހިގެން ހުރި އިމާރާތުގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި، އެ ރޭ އޭނާ އާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ 18 އޭޕްރިލް ގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން މާލެ، ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް (21އ) މިއަދު އިރުއޮއްސި 18:20 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެގޮތުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި ރައުދުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ލިބެމުން ނުދާ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުގައި ރިވިއު ޓީމުން ކުރި މަސައްކަތުގައި ރައުދުގެ ފަރާތުން "ކޮރޮބޮރޭޓް ކުރުމުގައި" މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މައްސަލައާ ގުޅިގެން މާންދޫ ޓްރެސް އާއި ދެ ވަނަ ފަންގިފިލާ އާއި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގެ ތިން ވަނަ ފަންގިފިލާ ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder