ޣައްޒާއިން ކާބޯތަކެތި ހުސްވެއްޖެ

26 އޭޕްރީލު 2025 - 08:24
ޣައްޒާގައި ހުރި ކާބޯތަކެތި ހުސްވެއްޖެކަމަށް އދ ގެ ވަރލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން އިއްޔެ ހާމަކޮށްފިއެވެ.
މި ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، ރައްކާކޮށްފައި ހުރި ކާބޯތަކެތި މިހާރު ވަނީ އެތަކެތި ފޯރުކޮށްދޭ ތަންތަނަށް ބަހައި ހުސްވެފައެވެ.
ޑަބްލިއުއެފްޕީން އިތުރަށް ހާމަކުރި ގޮތުގައި، އެ އޭޖެންސީން އެހީތެރިކަން ފޯރުކޮށްދެމުން އައި 25 ބޭކަރީ ވަނީ މާރޗް 31 ގައި ބަންދުކުރަން ޖެހިފައެވެ. މިއީ ގޮދަން ފުށާއި ކައްކާ ތެޔޮ ހުސްވުމުގެ ސަބަބުންނެވެ. އަދި އާއިލާތަކަށް ބަހަމުން އައި ކާބޯތަކެތީގެ ޕާރސަލްތައްވެސް ވަނީ ހަމަ އެ ހަފްތާގައި ހުސްވެފައެވެ.
މިދިޔަ މާޗް މަހުން ފެށިގެން ޣައްޒާއަށް އެހީގެ އެއްވެސް ސާމާނެއް ވެއްދުން އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ. އިޒްރޭލުން ބުނެފައިވަނީ މިއީ ހަމާސްއިން ރަހީނުންގެ ގޮތުގައި ހިފަހައްޓައިފައިވާ މީހުން ދޫކޮށްލުމަށް ޕްރެޝަރ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށެވެ.
މިކަމާ ގުޅިގެން އދ އިން ވަނީ ބައިނަލްއަގުވާމީ ގާނޫނަށް ތަބާވުމަށް އިސްރާއީލަށް ގޮވާލާފައެވެ.
ޣައްޒާގެ ރައްޔިތުންނަށް އެހީ ދިނުމަށް ހުރަސްއަޅައި، ހުއްޓުވުމަށްފަހު، ކާބޯތަކެތި ހުސްވުމުން ވެސް އިސްރާއީލުން ބުނެފައިވަނީ ފަލަސްތީނުގައި އެހީގެ ސަމާނަށް ދަތިނުވާ ކަމަށެވެ.
އިތުރު ލިޔުންތައް

ފަލަސްތީނުގެ ވޯލްޑް ކަޕް ޑްރީމް: ހަނގުރާމައިގެ ތެރޭގައި އުއްމީދުގެ އަލިކަމެއް
8 މަސް ކުރިން
އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ މަސައްކަތް މަޖިލީހުގެ އަންނަ ދައުރުގައި ފަށާނެ : ހީނާ
8 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ އިތުރު 24 މީހުން ޝަހީދުކޮށްލައިފި
8 މަސް ކުރިން