logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ އާއި މެލޭޝިއާއާ މެދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

އާމިނަތު ޝަފާ
28 އޭޕްރީލު 2025 - 04:19
ރާއްޖެ އާއި މެލޭޝިއާއާ މެދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އިސްތިރާޖީ ގުޅުން އިތުރަށް ހަރުދަނާކޮށް މުހިންމު ދާއުރާތަކުން އެއްބާރުލުން އިތުރުކުރުމަށްޓަކައި ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:

Ad by Hajj Corporation

Ad by Hajj Corporation

ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުން

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޕުއަން ހަނާ ޔޭ އެވެ.

ސިއްހީ ދާއިރާއާ ގުޅޭ އެއްބަސްވުން

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލެވެ. އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކެފްލީ އަހުމަދު

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ އެއްބަސްވުން

މި އެެއްބަސްވުމުގައި ސޮއި ކުރެއްވީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތުއާން ހައިރުލް ފިރުދައުސް އަކްބަރު ޙާނެވެ.

ޑިޕްލޮމެޓުން ތަމްރީނުކުރުމުގެ އެއްބަސްވުން އަދި ބައިލެޓްރަލް ކޮންސަލްޓޭޝަން

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު: 790 މިލިއަން ޑޮލަރުގެ ޓައުންޝިޕެއް ގާއިމުކުރަން ހުއްދަދީފިޚަބަރު | 5 ގަޑިއިރު ކުރިންރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭޚަބަރު | 13 ގަޑިއިރު ކުރިންސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވާލައްވައިފިޚަބަރު | 17 ގަޑިއިރު ކުރިން ކަނޑުންނާއި ފަޅުން އެމްޑީޕީން ދިން ގޯތިތައް ބިމަށް، ހުރިހާ ޝުކުރެއް ރައީސް މުޢިއްޒަށްރިޕޯޓް | ދުވަހެއް ކުރިން