logoEN
ޚަބަރު

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދެއްވުމަށް އެދެފި

އާމިނަތު ސަފާއާމިނަތު ސަފާ

28 އޭޕްރީލު 2025 - 05:23

މައްކާ ރޫޓް އިނީޝިއޭޓިވްގައި، ރާއްޖެ ހިމަނައިދެއްވުމަށް އެދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.މައްކާ ރޫޓް އިނީޝިއޭޓިވްގައި، ހިމެނުމަށް ސަޢުދީ އަރަބިއްޔާ ސަރުކާރުގައި އެދިފައިވާކަން ހާމަކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ރާއްޖޭގެ ޙައްޖުވެރިން ޖިއްދާ އެއާޕޯޓްގައި މަޑުކުރަން ނުޖެހޭނެކަމަށެވެ. އަދި ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރާނީ ސައުދީ އެއަރޕޯޓްގައި ކުރަންޖެހޭ ކަންކަންވެސް ކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ.މިހާތަނަށް މިފުރުޞަތު ލިބިފައިވަނީ ޖުމުލަ 7 ޤައުމަކަށްކަން ފާހަގަކުރައްވާ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރަމުންދާކަމަށާއި ޙައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder