logo
Bank of Maldives

Bank of Maldives

ޚަބަރު

ކަޅުތެޔޮ ސާފުކޮށްފި، ރަސްފަންނު މޫދަށް މިހާރު އެރެވޭނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޭޕްރީލު 2025 - 17:10
ކަޅުތެޔޮ ސާފުކޮށްފި، ރަސްފަންނު މޫދަށް މިހާރު އެރެވޭނެ

ރަސްފަންނު މޫދަށް އެޅުނު ކަޅުތެޔޮ ސާފުކޮށް، އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީން ކުރި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލަ އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. ފުލުހުން މިއަދު ބުނެފައިވަނީ ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލައެއް ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. ނަމަވެސް، މި ސަރަހައްދަށް ކަޅުތެޔޮ އެޅުނު ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ދިން މަޢުލޫމާތުން އެނގެނީ މިހާރު އެ ސަރަހައްދު ސާފުކޮށް، އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މިހާރު ރަސްފަންނު މޫދަށް އެރުމުގައި އެއްވެސް ހުރަހެއް ނެތެވެ.

މިއީ މާލޭ ސަރަހައްދުގައި ކަޅުތެޔޮ އެޅުމުގެ މައްސަލަ ފާހަގަކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ރަސްފަންނާއި، ރަސްމީ ފާލަން ސަރަހައްދާއި، ދަތުރުވެރިންގެ ބަނދަރު ފަދަ ސަރަހައްދުތަކަށް ކަޅުތެޔޮ އެޅުނު މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަނަދޫގައި އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމާލޭ ބޮޑުތަކުރުފާނު މަގުގެ 80 އިންސަތައް މަސައްކަތް ނިމިއްޖެޚަބަރު | 3 ދުވަސް ކުރިންޖުމުހޫރީ މައިދާން ސަރަހައްދު މަރާމާތު ކުރުމަށް ވަގުތީ ގޮތުން ބަންދުކޮށްފި ޚަބަރު | 2 މަސް ކުރިންކަޅުތެޔޮ ސާފުކޮށްފި، ރަސްފަންނު މޫދަށް މިހާރު އެރެވޭނެޚަބަރު | 5 މަސް ކުރިން