logo
Bank of Maldives

Bank of Maldives

ޚަބަރު

މަނަދޫގައި އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އާމިނަތު ޝަފާ
18 ސެޕްޓެމްބަރު 2025 - 12:23
މަނަދޫގައި އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން، ނ. މަނަދޫގެ އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އާރް.ޑީ.ސީ އާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ހަސަން ރަޝީދެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ  އަލްފާޟިލް އިބްރާހިމް ނަޡީމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 71,2 މިލިއަން ރުފިޔާއަށް 700 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން މަނަދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުގައި ކޮންވެންޝަނަލް ގްރެވިޓީ ސިސްޓަމެއް ޤާއިމުކުރާއިރު  ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މިއާއި ގުޅުން ހުރި މަސައްކަތްތައް ކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 4 މަސް ކުރިންމަނަދޫގައި އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 7 މަސް ކުރިންމާލޭ ބޮޑުތަކުރުފާނު މަގުގެ 80 އިންސަތައް މަސައްކަތް ނިމިއްޖެޚަބަރު | 7 މަސް ކުރިން