logo
Bank of Maldives

Bank of Maldives

ޚަބަރު

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

އާމިނަތު ޝަފާ
25 ޑިސެމްބަރު 2025 - 13:25
ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގދ. ފަރެސްމާތޮޑާ، "ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު" އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

1800 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާއަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ. މިއަދު ސޮއިކުރެވުނު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށުގެ ބިން އިތުރުވެ މިރަށު ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ލިބޭނެކަމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާއެކު އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބޭނެކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.

މި މަޝްރޫޢުގެ ދަށުން، 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ، 142.67 މިލިއަން ރުފިޔާއަށް، 270 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 4 މަސް ކުރިންމަނަދޫގައި އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 7 މަސް ކުރިންމާލޭ ބޮޑުތަކުރުފާނު މަގުގެ 80 އިންސަތައް މަސައްކަތް ނިމިއްޖެޚަބަރު | 7 މަސް ކުރިން