logo
Bank of Maldives

Bank of Maldives

ދުނިޔެ

ނައިޖީރިއާގައި ބޯޓެއް ބަންޑުން ޖަހާލައި 40 މީހުން މަރުވެއްޖެ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
16 ސެޕްޓެމްބަރު 2024 - 08:15
ނައިޖީރިއާގައި ބޯޓެއް ބަންޑުން ޖަހާލައި 40 މީހުން މަރުވެއްޖެ

ނައިޖީރިއާގެ ހުޅަނގު އުތުރުގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލި ހާދިސާގައި 40 މީހުން ގެނބިގެން މަރުވެފައިވާ އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

އެގައުމުގެ ޒަމްފަރާ ސްޓޭޓްގެ ގުމްމީ ޓައުން ކައިރީގައި އޮންނަ ކޯރު ހުރަސްކޮށް 50 އަށް ވުރެ ގިނަ ދަނޑުވެރިން ދަނޑުތަކަށް ގެންދަން އުޅުނު ލަކުޑި ބޯޓު ބަންޑުން ޖަހާލާފައިވަނީ މިދޔަ އާދީއްތަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޓޭޓުގެ ގުމްމީ ޑިސްޓްރިކްޓްގެ ޕޮލިޓިކަލް އެޑްމިނިސްޓްރޭޓަރު އަމީނުﷲ މޫސާ ވިދާޅުވީ، މި އެކްސިޑެންޓުގައި 12 މީހަކު ސަލާމްތަ ކުރެވުނު ކަމަށެވެ. އަދި މިހާދިސާ ހިނގާފައިވަނީ އެ ލަކުޑި ބޯޓުގެ ކެޕޭސިޓީއަށްވުރެ ގިނަ ފަސިންޖަރުން ތޮއްޖެހިފައިވުމުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ އެސަރަހައްދުގައި މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރަށްވާއިރު، 900 އަށްވުރެ ގިނަ ދަނޑުވެރިން އެމީހުންގެ ދަނޑުބިންތަކަށް ވަނުމަށް ކޮންމެ ދުވަހަކުވެސް ބޭނުންކުރަނީ އެފަދަ ބޯޓެކެވެ.

މިފަހަކަށް އައިސް ގުއްމީ ސަރަހައްދުގައި އުފެދިފައިވާ ފެންބޮޑުވުމުގެ ސަބަބުން 10،000 އަށް ވުރެ ގިނަ މީހުން އެ ސަރަހައްދު ދޫކުރަން މަޖުބޫރުވެފައިވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ތިނޫބޫ ވަނީ ދީފަ އެވެ.

ޒަމްފަރާ ސްޓޭޓަކީ ވެސް ހަތިޔާރު އެޅި ޖަމާއަތްތައް ގާނޫނާއި ޚިލާފު އަމަލުތައް ހިންގަމުން އަންނަ ސްޓޭޓެކެވެ.

ނައިޖީރިއާގެ ރެގިއުލޭޓް ނުކުރެވޭ ކަނޑުމަގުތަކުގައި ބޯޓު އެކްސިޑެންޓްތައް ހިނގުމަކީ އާންމު ކަމެކެވެ. ގިނަ ބޯޓުތަކުގައި ލައިފް ޖެކެޓް ނުގެންގުޅޭ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް އާންމުން ބުނެ އެވެ.

މިދިޔަ މަހު އަވަށްޓެރި ސޮކޯޓޯ ސްޓޭޓްގެ ޑުންޑޭ ކޯރުގައި އޯވަލޯޑް ބޯޓު ބަންޑުން ޖަހާލައި، ހަނޑޫ ދަނޑުތަކަށް ދިޔަ 30 ވަރަކަށް ދަނޑުވެރިން ގެނބިގެން މަރުވެފައިވާ ކަމަށް އިމަޖެންސީ އޮފިޝަލުން ބުނެފި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްކޮން ތަށި އަނބުރާ ދިނުމަށް ސެނެގާލުން ދެކޮޅު ހަދައިފި, ގޮވާލަނީ މިނިވަން ތަޙުޤީގަކަށްކުޅިވަރު | 3 ގަޑިއިރު ކުރިންނައިޖީރިއާގައި ބޯޓެއް ބަންޑުން ޖަހާލައި 40 މީހުން މަރުވެއްޖެދުނިޔެ | 2 އަހަރު ކުރިން